ހަޖަމުކުރުމުގެ ނިޒާމަކީ އިންސާނާގެ އާއްމު ސިއްހަތު ދެމެހެއްޓުމަށް ވަރަށް މުހިންމު ނިޒާމެކެވެ. އެއީ ހަޖަމުކުރުމުގެ ނިޒާމުގެ މައްސަަލަތައް ކުރިމަތި ވާނަމަ ބަލި ޖެހުން އަވަސް ވާނެތީ އެވެ. އެހެންކަމުން ހަޖަމުކުރުން ރަނގަޅުކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަކީ މުހިއްމު ކަމެކެވެ.

ދޮންކެޔޮ ކެއުން

ދޮންކޭލަކީ ސިއްހަތަށް އެންމެ ފައިދާހުރި މޭވާތަކުގެ ތެރެއިން އެއް މޭވާއެވެ. ކޮންމެ ދުވަހަކު ހެނދުނު ހޭލުމަށްފަހު ފުރަތަމަ ކަމަކަށް ދޮންކެޔޮ ވަކެއް ކެއުމަކީ ހަޖަމުކުރުމުގެ ނިޒާމް ރަނގަޅު ކުރުމަށް ކުރެވިދާނެ ކަމެކެވެ.

މެންދުރުފަހު ނިދުން

މެންދުރުފަހު 30 މިނިޓް ވަންދެން ނިދާލުމަކީ ހަޖަމްކުރުމަށް ފަސޭހަވާނެ ކަމެކެވެ. އެހެންކަމުން މެންދުރުފަހު ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް ނިދާލަން އާދަކުރާށެވެ.

ގިނައިން ފެންބުއިން

ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ނުލިބުމަކީ ހަޖަމްކުރުމުގެ ނިޒާމަށް މައްސަލަޖެހޭ ކަމެކެވެ. އެހެންކަމުން ދުވާލަކު މަދުވެގެން 8 ތަށި ފެންބުއިމަކީ ބަނޑު ހަރުވުން ފަދަ ހަޖަމްގެ ބަލިތަކުން ދުރުކޮށްދޭނެ ކަމެކެވެ.