ފިރިހެނުންނަކީ ގިނައިން ދޮގު ހަދާ ބައެއް ކަމަށް ގަބޫލު ކުރެވިފައި އޮވެ އެވެ. އެކި ކަހަލަ ކަންކަމުގައި ފިރިހެނުން ހަގީގަތް ފޮރުވައި ދޮގު ހަދާ ފަހަރު އާދެ އެވެ. މިކަމުގެ ފަހަތުގައި އެކި ސަބަބުތައް ވާކަމަށް މާހިރުން ބުނެ އެވެ.

"ޑްރާމާ" ބޭނުން ނުވުން

ތެދު ބުނެގެން ކުރިމަތީގައި ހުންނަ މީހާއާއި ޖަދަލުކޮށް އަރާރުންވާން ޖެހިދާނެ ކަމަށް ނުވަތަ ބޭނުންނުވާ ކަހަލަ ވާހަކައެއް ދައްކަން ޖެހިދާނެތީ އެކަމުން ރެކެން ފިރިހެނުން ދޮގުހަދަ އެވެ.

އަނެކާ ދެރަ ކުރަން ބޭނުން ނުވުން

ވާހަކަ ދެކެވޭ މީހާ ހިތްދަތިވާ ކަހަލަ ތެދެއް ނުވަތަ ހަގީގަތެއް ބުނަން ޖެހިއްޖެ ނަމަ އެ ހާލަތް ރަނގަޅު ކޮބށް އެމީހާއަށް ތަސައްލީ ދިނުމަށްޓަކައި ވެސް ފިރިހެނުން ދޮގު ހަދައި އުޅެ އެވެ.

މާޒީ ފޮރުވުން

ފިރިހެނެއްގެ މާޒީގައި އޭނާއަށް ހިތްދަތި ކަންތައްތަކަކާ ކުރިމަތިލާން ޖެހިފައިވާނަމަ އެ ކަންކަން އެހެން މީހުންނަށް ކިޔައިދިނުމަށް ބައެއް ފިރިހެނުން ލަދުގަނެ އެވެ. މާޒީގެ އެ ހިތި ހަނދާންތައް ފޮރުވުމަށްވެސް ފިރިހެނުން ދޮގު ހަދާ ކަމަށް ދިރާސާތަކުން ދައްކަ އެވެ.