ޅ. ފެލިވަރުގައި މަހުގެ އުފެއްދުންތައް ބަންދުކުރާ އިތުރު ކާރުޚާނާއަކާއި ފިނިކުރާ ކޮށާރެއް ހެދުމަށް އިންޑިއަން އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުގެ ޕްރީކޮލިފިކޭޝަން މަރުޙަލާ އެ ބޭންކުން ފަށައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އެ މިޝްރޫޢުގެ ދަށުން ފެލިވަރުގައި 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، ދުވާލަކު 100 ޓަނުގެ މަސް ޕްރޮސެސްކޮށް، ދަޅުގައި އަދި ޕައުޗުގައި ބަންދުކުރެވޭނެ ކާރުޚާނާއެއް ގާއިމުކުރަން ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން ބްރައިން ފްރީޒިން ފެސިލިޓީ އާއި، ރެފްރިޖަރޭޓަޑް ސީ ވޯޓާ ފެސިލިޓީ އާއި، ފިޝްމީލް ޕްލާންޓަކާއި އެހެނިހެން ވަޞީލަތްތައް ވެސް ފެލިވަރުގައި ގާއިމުކުރާން ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން ގއ. ގެމަނަފުށީގައި ވެސް 50 ޓަނުގެ އައިސް ޕްލާންޓެއް ގާއިމުކުރަން ހަމަޖެހިފައިވާ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
މި މަޝްރޫޢުގެ ސަބަބުން މިފްކޯގެ މަސް ޕްރޮސެސް ކުރުމުގެ ޤާބިލުކަން ދެގުނައަށް ވުރެ ބޮޑުތަން އިތުރުވެގެންދާނެކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ހޮޅުދޫ އަތިރިމަތީ ކުޅުނު މޫސަ މޮޅު ކޯޗަކަށް!
ބްރެޑްއަށް ހަމަ ޖެހުމެއް ނެތް: މުޅިން އާ ދަައުވާއަކާއެކު ކޯޓަށް!
ޗެނަލް13 ސާވާތައް ހެކްކޮށްފި