އައްޑޫ ސިޓީގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލައިފި. މިހާދިސާ ހިނގީ މިއަދު ހުކުރު ނަމާދު ހިނގަމުންދިޔަ ވަގުތު.

އައްޑޫގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލައިފި އެވެ. މިހާދިސާ ހިނގީ މިއަދު ހުކުރު ނަމާދު ވަގުތު އެވެ.

ހިތަދޫ ފްލެޓް ސަރަހައްދުގައި ހިނގި މި ހާދިސާގައި އެ ޒުވާނާއަށް ވަޅިއަކުން ހަމަލާދީފައި ވަނީ އޭނާ ދިރިއުޅޭ ފްލެޓަށް ވަންނަން ދަނިކޮށް ކަމަށް މައުލޫމާތު ލިބެ އެވެ. މި ހަމަލާ ދިނުމުގެ ސަބަބުން އެ ސަރަހައްދުގައި ލޭ ފައިބާފައި ހުރިތަން ފޮޓޯތަކުން ފެންނަން ހުއްޓެވެ. އަދި އެހެން ޒުވާނަކު ހޭނެތިގެން ވެއްޓިފައި އޮތް ކަމަށް ވެސް މަންޒަރުދުށް ފަރާތްތަކުން ބުނެ އެވެ.

މިހާރު ޒުވާނާއަށްދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.

މި ހަމަލާއާ ގުޅިގެން ފުލުހުން ވިދާޅުވީ، އައްޑޫ ފްލެޓް ސަރަހައްދުގައި މާރާމާރީއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައި ވަނީ މިއަދު މެންދުރު 12:08 އެހާކަންހާއިރު ކަމަށާއި އެހަމަލާއާއި ގުޅިގެން ޒަހަމް ވެފައިވަނީ 29 އަހަރު ފިރިހެނެއް ކަމަށެވެ.

މި ހަމަލާއާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވި ނަމަވެސް، އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވި އެވެ.