ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ބައެއް އެޕާޓްމަންޓުތަކަށް ފެން ވަންނަ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފި އެވެ.
މިދިޔަ ހަފްތާގައި ކުރި ވިއްސާރާގައި ހިޔާ ފްލެޓްގެ ބައެއް އެޕާޓްމަންޓްތަކަށް ފެން ވަންނަ މައްސަލަ ވަނީ ފެންމަތިވެފަ އެވެ. ހިޔާގެ ބައެއް ފްލެޓުތަކުގައި މިހާރު މީހުން ދިރިއުޅެން ވެސް ފަށާފައި ވާއިރު، ވާރޭ ވެހި، ބެލްކަނީ ދޮރުގެ ތިރިން ވެސް އެޕާޓްމަންޓުގެ އެތެރެއަށް ފެން ވަންނަ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.
މިކަމާ ގުޅިގެން އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ ހިޔާ ފްލެޓުތަކުގެ ބައެއް އެޕާޓްމަންޓުތަކަށް ފެން ވަންނަނީ ވައިގަދަވެ، ފްރޭމްގަނޑުގައި ހަރުލާ ފެން ބޭރުކުރަން ހަދާފައި ހުރި މެކޭނިޒަމް ފެއިލްވެގެން ކަމަށެވެ.
"ފްރޭމަށް ފެން އެޅޭނެ. އެ އެޅޭ ފެން ބޭރުކުރަން ކުޑަދޮރުތަކުގެ ފްރޭމްގައި ހުންނާނެ ބޭރަށް ލޯވަޅުތަކެއް ކަނޑާފައި. އާދަޔާ ހިލާފަށް ވައިގަދަ ވީމަ އަސްލު އެ މެކޭނިޒަމް އެގޮތަށް ވޯކު ނުކުރީ. އެހެންވެ ފެން އެތަނުން ބޭރު ނުވީމަ ފެން ހެދުނީ،" އެޗްޑީސީގެ އޮފިޝަލް ވިދާޅުވި އެވެ.
މީގެ އިތުރުން އޮފިޝަލު ވިދާޅުވީ އެޕާޓްމަންޓްގައި ފެން ބޮޑުވަނީ ވައިގެ އަސަރު އެންމެ ބޮޑަށް ކުރާގޮތަށް ހުންނަ އެޕާޓްމަންޓްތަކުގައި ކަމަށެވެ. އަދި މިކަން ހައްލު ކުރުމަށް އެކުންފުނީގެ ޓީމުން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހެދި ފްލެޓުތަކާ ގިނަ ބަޔަކު ހަވާލުވެ، އެ ތަންތަނުގެ ފިނިޝިންގެ މަސައްކަތް އެ ފަރާތްތަކުން ދަނީ ކުރަމުންނެވެ. އަދި ބައެއް ފަރާތްތަކުން ފްލެޓްތަކުގައި ދިރިއުޅެން ފަށާފައިވާއިރު އެސަރަހައްދުގައި އަސާސީ ހިދުމަތްތަކެއް އަދި ނުލިބެ އެވެ.
ހިޔާ ފްލެޓުގައި ފެން ބޮޑުވާ މައްސަލަ ހައްލު ކުރަނީ ނަމަ އެއީ މަމެން ހިތާމަ ކުރާ ކަމެކޭ ދިވެހި ސަރުކާރުގެ މިނިސްޓަރުންނަކީ އެއީ ރައްޔިތުންނާއި ނުގުޅި ކަންކަން ކުރަން ދަސްވެފައި ތިބޭ ބަޔެކޭ އެމެންނާއި މިނިސްޓަރު ކަން ހަވާލު ވުމުން ތިޔާ ފްލެޓްސް ތައް ބިނާ ކުރުމުގެ ކުރިން ތިޔާ ޑިޒައިން އެޗްޑީސީން މާލެ ސިޓ ކައުންސިލުން ރައްޔިތުންނާއި ބައްދަލު ކުރި ގޮތަށް ބައްދަލު ކުރައްވާ އެމެންގެ ޚިޔާލު ހޯދިނަމަ ތިހެން ނުވީސްއޭ ސަރުކާރުގެ ހުރިހާ ޕްރޮޖެކްޓެއް ފެއިލްވަނީ ދުބާއީ ވޯލްޑް ޕްރޮޖެކްޓް ގޮތަށް ވަން މޭން