ޒުވާނުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ސީރީޒް "ޓީން ވުލްފް"ގެ ފިލްމެއް ހެދުމަށް ނިންމައިފި އެވެ.
ޓީން ވުލްފް ބުނީ 2011 އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށް ގެނެސްދީފައިވާ މި ސީރީޒްއަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދާނެ އެވެ.
"ޓީން ވުލްފް" ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އާންމުންގެ އެދުމުގެ އަޑު އެ މީހުންނަށް އިވިއްޖެ ކަމަށެވެ. އަދި އަންނަ އަހަރު އާންމުންނާ ހަމައަށް "ޓީން ވުލްފް"ގެ ފިލްމު ގެނެސްދިޔުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ބުނެފައިވެ އެވެ.
މި ސީރީޒް އަކީ އިންސާނީ ވެއާ ވުލްފްތަކެއް ފެނިގެންދާ ސީރީޒެކެވެ. މި ސީރީޒް އިން ފެނިގެންދާ މައިގަނޑު ތަރިންނަކީ ޑިލަން އޯބްރިއަން، ޓައިލާ ހޯޗްލިން، ހޮލޭންޑް ރޫޑެން، ކޮލްޓޮން ހޭންސް އަދި ކްރިސްޓަލް ރީޑްއެވެ.
މި ސީރީޒްއަކީ ޖެފް ޑޭވިސް ޑައިރެކްޓްކޮށް ގެނެސްދިން ސީރީޒެކެވެ.
"ޓީން ވުލްފް" ސީރީޒަކީ 1985 ވަނަ އަހަރު ހަމަ އެ ނަމުގައި ގެނެސްދިން ފިލްމެއްގެ އަސްލަކަށް ބިނާކޮށް އުފެއްދި ސީރީޒެކެވެ.
މިއީ 1999 ގެ ފަހުން ޔޫރަޕަށް ފެނުނު އެންމެ ފުރިހަމަ އިރުކޭތަ
"ކްރައިމް ޕެޓްރޯލް"ގެ އާ މޫނަކަށް އަޖޭ ދޭވްގަން!
ޑޮލަރުގެ އަގު ބޮޑުވަނީ ހަނގުރާމައާ ހެދިއެއް ނޫން: އަމްރު