މިހާރަކަށް އައިސް ގިނަ މީހުން ކުރިއަށް ވުރެ ގިނަ ވަގުތު ވަޒީފާގެ މަސައްކަތްތައް ކުރަން ހޭދަކުރާ ކަމަށް މީގެ ކުރިން ހެދިފައިވާ ދިރާސާތަކުން ވެސް ދައްކާފައިވެ އެވެ.

ގިނަ ބަޔަކު މަސައްކަތުގައި ހޭދަކުރާ ވަގުތު އިތުރުވެފައިވާ މި ދަނޑިވަޅުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން މި ވަނީ މިކަމާ ގުޅޭގޮތުން ރިޕޯޓެއް ނެރެފަ އެވެ.

އެ ރިޕޯޓުގައި ހަފުތާއަކު 55 ގަޑިއިރަށް ވުރެ ގިނައިރު، މަސައްކަތް ކުރާނަމަ އުމުރު ކުރުވާން މެދުވެރިވާ ކަމަށް ބުނެފައިވެ އެވެ އެއީ ދުވާލަކަށް ބަލާނަމަ ހަތް ގަޑިއިރެވެ.

އެގޮތުން ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރުމަކީ ހިތުގެ ބަލިތަކަށާއި ސްޓްރޯކް ޖެހުމަށް މަގުފަހިވާކަމެއް ކަމަށްވާއިރު އެކަމުގެ ސަބަބުން ކެއުމުގެ އާދަތަކަށް ނޭދެވޭ ބަދަލުތައް އަންނަ ކަމަށާއި ނަފްސާނީ ދުޅަހެޔޮ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ޑަބްލިއުއެޗްއޯ އިން ބުނީ ކޮންމެ މީހަކު ވެސް ހަފްތާއަކު މަސައްކަތް ކުރަން އެންމެ ރަނގަޅު މިންވަރަކީ 35 ގަޑިއިރާއި 40 ގަޑިއިރާ ދެމެދުގެ ވަގުތު ކަމަށެވެ. އެއީ ދުވާލަކަށް ބަލާނަމަ ހަ ނުވަތަ ހަތް ގަޑިއިރެވެ.

ސިއްހަތާމެދު އިހުމާލު ނުވެ ކަންކަމުގައި މެދުމިނު ގެންގުޅުމަކީ އޮތް އެންމެ ރަނގަޅު ގޮތެވެ. ވަގުތު ފާއިތު ނުވަނީސް ވަޒީފާގެ ކަންކަމަށް ވަކި ވަގުތެއް ހަމަޖައްސައި ދުވަހުގެ ތާވަލް ހަދަމާ ހެއްޔެވެ؟