ކޮފީއަކީ އެންމެންނަށްވެސް އިނގޭ، ކޮންމެ ގެއެއްގައިވެސް ލިބެން ހުންނާނެ އެއްޗެކެވެ. ކޮފީ އަކީ އަނގަ މީރުކޮށްލުމުގެ އިތުރުން އޭގައި އެކުލެވޭ ގިނަ އަދަދެއްގެ އެންޓިއޮކްސިޑެންސްގެ ސަބަބުން ހަން ސާފުކޮށްދިނުމަށާއި ލޯކައިރި ކަޅުވެފައި ހުރުމުންވެސް ދުރުކޮށްދޭ އެއްޗެކެވެ.

ކޮފީ، އޯޓްމީލް އަދި ޔޯގަޓް ފޭސް މާސްކް

ކޮފީ އާއި އޯޓްމީލްގެ ސަބަބުން މަރުވެފައި ހުންނަ ހަމުގެ ސެލްސް ތައް ސާފުކޮށްދީ އާ ސެލްސްތައް އިތުރުކޮށްދެ އެވެ. އަދި ޔޯގަޓްގެ ސަބަބުން ހަމުގެ އުޖާލާކަން އިތުރުކޮށްދެ އެވެ. ކޮފީ އާއި އޯޓްމީލް އެއްކޮށް ރަނގަޅަށް ހިމުން ވަންދެން މުގުރާލާށެވެ. އެއަށްފަހު އޯގަޓް އެއްކޮށް މޫނާއި ކަރުގަ ފޭސްޓް ހާކާށެވެ. އަދި 30 މިނެޓް ބެހެއްޓުމަށްފަހު ތާފަނާ ފެނުން ދޮވެލާށެވެ.

ކޮފީ އަދި އޮލިވްއޮއިލް ފޭސް މާސްކް

މިއީ ހިކިފަ ކުރަކިވެފައި ހުންނަ މޫނުތަކަށް ހާއްސަ ފޭސް މާސްކް އެކެވެ. އެގޮތުން އޮލިވް އޮއިލް އަކީ ހަންގަނޑު މޮއިސްޓްރައިޒް ކޮށްދިނުމަށް އެހީވެދޭ އެންމެ ރަނގަޅު މާއްދާއެވެ. މޭޒުމަތީ ސަމުސާގެ ކޮފީ އާއި އޮލިވް އޮއިލް އަޅާ އެއްކޮށް ލާށެވެ. އަދި ކަރާއި މޫނުގައި ހާކާފައި ތިން މިނެޓް ފަހުން ދޮވެލާށެވެ.

ކޮފީ، އޯޓްމީލް އަދި މާމުތް ފޭސް މާސްކް

މިއީ ނާޒުކު ހަންގަނޑަކަށް އެންމެ ރަނގަޅު ފޭސް މާސްކް އެވެ. އެގޮތުން އޯޓްމީލްސް ހަނ ސާފުކޮށްދީ ހިރުވުމުން ދުރުކޮށް ދޭއިރު މާމުޔަކީ ހަމުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ އެއްޗެކެވެ. މޭޒުމަތީ ސަމުސާ މުގުރި ކޮފީ އާއި މާމުތް އެއްކޮށްލުމަށްފަހު ދެ މޭޒުމަތީ ސަމުސާ މުގުރި އޯޓްމީލް އަޅާ އެއްކޮށްލާށެވެ. އަދި މޫނުގައި ހާކައިފައި 20 މިނެޓް ބެހެއްޓުމަށްފަހު ދޮވެލާށެވެ.