މާލޭގެ މިސްކިތް ތެރެއަށް ކުޑަ ކަމުދިޔަ މީހާ ހަތިމަށް ކުޅުޖެހި މައްސަލައެއްގައި މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މަސްޖިދުލް އިބްރާހިމް މިސްކިތައް އަރައި ހަތިމަކަށް ކުޅުޖެހި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު ހަވީރު 16:03 ހާއިރު އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާއަކީ މީގެ ކުރިން މާލޭގެ ދެ މިސްކިތަކަށާއި ރައީސް އޮފީހުގެ ބޭރަށް ކުޑަކަމުދިޔަ މައްސަލައިގައި ވެސް ހައްޔަރުކޮށްފައިވާ ފަރާތެކެވެ. އެ މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް ދައުވާކުރަން މިހާރު ވަނީ ފޮނުވާފަ އެވެ.

އެމައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަ އިރު އާންމުން އަންނަނީ މިފަދަ ގޮތަކަށް އުޅުން ހުންނަ ފަރާތްތަކަށް އެކަށީގެންވާ ފިޔަވަޅެއް ނޭޅި ދޫވާތީ ފާޑުކިޔަމުންނެވެ.