ޑައިވިއަންއަށް ދިޔަފަހުން ގެއްލިގެން ހޯދި އިޓަލީގެ ފަސް ފަތުރުވެރިޔަކު މަރުވެފައި ވަނިކޮށް ފެނިއްޖެ އެވެ.
ފުލުހުން ބުނީ އެއީ ވ. އަތޮޅުގައި އޮތް ސަފާރީ އަކުން ޑައިވިނަށް ދިޔަ ފަސް ފަތުރުވެރިން ކަމަށެވެ.
ބޭރު ބަޔަކު އޮޕަރޭޓްކުރާ "ޑިއުކް އޮފް ޔޯކް" ސަފާރީން ޑައިވިނަށް ދިޔަ މި ފަސް މީހުން ގެއްލުނީ އަލިމަތާ ކައިރިއަށް ޑައިވިނަށް ގޮސް އުޅެނިކޮށެވެ. އެ މީހުން ގެއްލިގެން ރިޕޯޓްކުރީ މެންދުރު ކުރީގެ ވަގުތެއްގައި ފޭބި ގޮތަށް މެންދުރު 12 ޖެހި އިރު ވެސް ނޭރުމުން ކަމަށް ވަނީ އެނގިފަ އެވެ.
ފުލުހުން ބުނިގޮތުގައި އެ މީހުން ގެއްލުނު ކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު ފަހު 1:45 ހާއިރު ކަމަށެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ. މި ހާދިސާ ހިނގި ސަރަހައްދަށް މެޓް އޮފީހުން ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ޓްރަމްޕާއި ޝީގެ ރަސްމީ ބައްދަލުވުން މިއަދު ބެއިޖިންގައި ބާއްވަނީ
18 ކޭސް ދުންފަތާއި 75 ސިނގިރޭޓު ކާޓޫން އަތުލައިގެންފި
ތާބޫއަށް ކައިވެންޏެއް ނުކުރެވުނީ އަޖޭގެ ސަބަބުން؟