ދިވެހި ފުލުހެއްގެ މޭމަތީގައި ޖެހި މީހަކަށް ޖަލު ހުކުމެއް ކޮށްފި އެވެ.

މި މައްސަލަ އާ ގުޅިގެންް ޖަލަށް ލާން ހުކުމްކުރީ ލ. ކަލައިދޫ، ހަސަން ޒިޔާދު އެވެ. މިކަން ހިނގީ މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހުގެ 1:30 ހާއިރު އެވެ.

މި މައްސަލަ އާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ ފުލުހެއްގެ މޭމަތީ ޖެހުމުން އެއް މަސް ދުވަހުގެ މުއްދަތަކަށް އޭނާ ޖަލަށް ލާން ހުކުމްކޮށްފަ އެވެ. އޭނާ އަށް ކުރީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އެވެ.

އެގޮތުން ޒިޔާދު ޖަހާފައި ވަނީ ސްޕެޝަލް ކޮންސްޓަބްލަރީ ކޮންސްޓަބަލް އަހުމަދު ފާރިޝްގެ މޭމަތީގަ އެވެ.

އޭނާއަށް އަނިޔާ ދިނީ ހުޅުމާލެ ޕޮލިސް ގަރާޖު ކައިރީގައި ހުއްޓަ އެވެ. އަދި ޒިޔާދު އޭނާގެ ކަނާއަތު ފައިން ފާރިޝްގެ މޭމަތީގައި ޖެހުމުގެ ސަބަބުން ފާރިޝްއަށް ވަނީ އަނިޔާ ލިބިފަ އެވެ.

މި މައްސަލައިގައި ޒަޔާދަށް ދައުވާކުރުމުން މައްސަލަ ބަލާ ޝަރީއަތުގައި އޭނާ ވަނީ ކުށަށް އިއުތިރާފުވެފަ އެވެ. މި މައްސަލަ ބެއްލެވި ގާޒީ، ހަސަން ސައީދު ވަނީ އޭނާ އަށް އެއް މަހާއި 20 ދުވަހުގެ މުއްދަތަށް ޖަލަށްލާން ހުކުމް ކޮށްފަ އެވެ.