ކޮރޯނާ ވައިރަސް ނައްތާލުމުގެ ގާބިލުކަން ހުރި ކަމަށް ބުނެ އޭސީއެއް ބަޔަކު ގަވައިދާ ހިލާފަށް އިޝްތިހާރުކުރަން ފަށައިފި އެވެ.
އިލެކްޓްރޯނިކް ސާމާނު އެތެރެކޮށް ވިއްކާ ރަންފައުން އިން ކޮރޯނާ ވައިރަސް ނައްތާލުމުގެ ގާބިލްކަން ލިބިފައިވާ ކަމަށް ބުނެ އިޝްތިހާރުކުރަނީ ޕެނެސޮނިކް ބްރޭންޑްގެ އޭސީއެކެވެ.
މިކަން ވަނީ ހެލްތު އެމަޖަންސީ އޮޕަރޭޝަން ސެންޓާ(އެޗްއީއޯސީ) ގެ ސަމާލުކަމަށް ވެސް ގެނެސްފަ އެވެ.
މިފަދަ ހައްސާސް ކަމަކާ ގުޅުވައިގެން އެކި ކަހަލަ ޕްރޮޑަކްޓްތައް އިޝްތިހާރު ކުރެވޭނެތޯ ނޫސްވެރިން މިއަދު ވަނީ އެޗްއީއޯސީ ގުރޫޕުގައި ސުވާލު އުފައްދައިފަ އެވެ.
މިކަމާ ގުޅިގެން އެޗްއީއޯސީން ބުނީ އެފަދަ އިޝްތިހާރުތައް ހުއްދަ ހޯދުމަކާ ނުލައި ނުކުރެވޭނެ ކަމަށެވެ. އަދި އެ އެ ހުއްދަ މޯލްޑިވްސް ޑްރަގް އެންޑް ފުޑް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހޯދަން ވާނެ ކަމަށް ވެސް އެޗްއީއޯސީން ވަނީ ބުނެފަ އެވެ.
ވިއްކުމަށް އިޝްތިހާރުކޮށްފައިވާ އޭސީއަކީ ޕެނެސޮނިކް ބްރޭންޑްގެ ނެނޯ އެކްސް އެއާ ޕިއުރިފިކޭޝަން ހިމެނޭ އާ މޮޑެލްއެއްގެ އިންވާޓާ އޭސީއެކެވެ. ނަމަވެސް ކޮވިޑާ ގުޅުވައިގެން އިޝްތިހާރުކުރުމާ ގުޅިގެން އާންމުން ވެސް އަންނަނީ ފާޑުކިޔަމުންނެވެ.
އިސްތިހާރެއް ކުރަންޏާކުރަން ވާނީ އެ ގައުމެއްގެ ހެދިފައިވާ އުސޫލުތަކުގެ ތެރެއިން ބުއްދި ގަބޫލުކުރާ ކަމެއް. އޭސީއަކުން ވައިރަސްއެއް ނައްތާލާނެ ގޮތެއް އަދި ނެތް ހެދިފައެއް. މީހުން ގުނބޯ ހައްދަން ނޫޅޭ
ބަޔަކު އިސްތިހާރެއް ޖެހީމަ އެކަމާ ހާދަ ހާސްވެގެން ބަޔަކު އުޅޭހެން ހީވެޔޭ. ނޫނީ ވެދާނެ ރަންފައުނުން މަސްހޫރު ވާން ޖަހައިގެން އުޅޭ ހަބަރެއް ހެން.
ކޮބާ ހެކި
ތިޔަ ރަންފައުން ފިހާރައަކީ ފޭކް އުފެއްދުންތައް ގެނެސް ބޮޑު އަގުގައި ވިއްކާ ބައެއް. މިކަހަލަ ދޮގު އިސްތިހާރުކޮށްގެން މުޅިން އުޅެނީ. ވިޔަފާރީގައި މަކަރާއި އޮޅުވާލުން އިންތިހާއަށް. އެމްއެފްޑީއޭއިން މިކަން މަނާނުކުރަނީ ކީއްވެގެން؟
އާއްމުންނަށް އޮޅުވާލަންކުރާ މިފަދަ އިސްތިހާތުރުތައް ކަމާ ބެހޭ ފަރާތްތަކުން ޖެހޭ ހުއްޓުވަން. މިއީ ވަރަށް ބޮޑު އޮޅުވާލުމެއް. ދުނިޔޭގައި މުޖައްރިބު ބޭހެއް ނެތް ބައްޔަކަށް އޭސީއަކުން ކިހިނެތް ވައިރަސް ހުއްޓުވާނީ. މިފަދަ މަކަރުވެރި އިސްތިހާރުތައް އެބަޖެހޭ ހުއްޓުވަން.
ކަލޭމެންނަށް އިނގޭތަ ގަވާއިދާ ހިލާފަށް ކަމެއް ކުރިއްޔާ. ގަވާއިދާ ހިލާފަށޭ ބުނެ ހަބަރު ޖަހަންވާނީ އެހް.ޕީ.އޭ ގެ ފަރާތުން. ތިކަހަލަ އާދައިގެ ނޫސް ބަޔާނެއްގަ އެއް ނޫން