މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރާ މަސައްކަތުގެ ތެރެއިން ހޯދި މަސްތުވާތަކެތީގެ ލިސްޓު ނުދިނުމުން މީހަކު ބަންދުން ސަލާމަތްވެއްޖެ އެވެ.
އޭނާ ސަލާމަތްވީ މަސްތުވާތަކެތި ވިއްކާ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެގެ ބަލައި ފާސްކޮށް އަތުލި ތަކެތީގެ ލިސްޓު އެމީހާއަށް ނުދިނުމާއި ގުޅިގެންނެވެ.
މި މައްސަލަ އާއި ގުޅިގެން ހައްޔަރުކުރީ ގއ. ދާންދޫއަށް ނިސްބަތްވާ އިބްރާހިމް މުހައްމަދު ކިިޔާ މީހެކެވެ.
އޭނާ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޭނާ މަގުމަތިން ހުއްޓުވައި ސައިކަލު ފާސްކުރުމުގައިވެސް އޭނާ އަތުން މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެގޮތުން އޭނާގެ މައްޗަށް ދައުވާކުރުމަށް ހުށަހަޅާފައިވަނީ ޑައިމޯފިން ޓްރެފިކިންގެ ދައުވާ އެވެ.
އޭނާގެ ގެއިން ގާތްގަނޑަކަށް 135 ގްރާމުގެ މަސްތުވާތަކެތީގެ އިތުރުން އެތަކެތި ޕެކްކުރަން ބޭނުން ކުރާ ރަބަރު ޕެކެޓުތަކާއި މަސްތުވާތަކެތި ކިރުމަް ބޭނުންކުރާ ކައްޓާ އަދި އެހެނިހެން ތަކެތި ވެސް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެހެންނަމަވެސް މި މައްސަލައިގެ ޝަރީއަތުގައި އިބްރާހިމް މުހައްމަދު ވަނީ ފުލުހުން އޭނާ ހިފަހައްޓައި ނެގި ތަކެތީގެ ލިސްޓެއް އޭނާ އާއި ހަވާލު ނުކުރާކަމަށް ބުނެފަ އެވެ. އަދި އޭނާ ހުށަހެޅި މައްސަލަ ބެލުމަށް އެކޯޓުން ޕީޖީއަށް އެދުމުން، ޕީޖީން ވަނީ އެފަދަ ލިސްޓެއް ފުލުހުން އޭނާ އާއި ހަވާލު ނުކުރާ ކަމަށް ބުނެފަ އެވެ.
އެއާއެކު ދިވެހި ރާއްޖޭގެ ގާނޫނުގައި، ތަންތަން ބަލައި ފާސްކޮށް ހޯދާ ތަކެތީގެ އިންވެންޓްރީއެއް އެކުލަވާލަން ޖެހޭނެކަން ފާހަގަކުރައްވައި މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދު ވަނީ މި މައްސަލައިގައި އެފަދަ ލިސްޓެއް ހަވާލުކޮށްފައި ނެތުމުން އެއީ އިޖުރާއަތާ ހިލާފަށް ކުރި ކަމެއް ކަަމަށް ހުކުމް ކުރައްވާފަ އެވެ. އަދި އެހުކުމުގައި ވާގޮތުން ގާނޫނުގައި ލާޒިމުކޮށްފައިވާ ކަމެއް ނުކޮށްފި ނަމަ ބަލައި ފާސްކުރި ކުރުން ސައްހައެއް ނުވާނެ އެވެ.
މިހާރުޕޮލިހުން އަދާކުރަނީ ގައްބަރުސިންގުގެ ރޯލުތަ