ކިއެވް (22 ނޮވެމްބަރު) - އަންނަ އަހަރުގެ ކުރީކޮޅު ރަޝިއާއިން ޔޫކްރެއިންގެ ބިންތަކަށް އަރައިގަންނަން ތައްޔާރުވަމުން އަންނަ ކަމަށް ޔޫކްރެއިންގެ ޑިފެންސް އިންޓެލިޖަންސް އެޖެންސީން ބުނެފި އެވެ.

އަސްކަރީ ނޫހެއް ކަމަށްވާ މިލިޓަރީ ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި އެ އެޖެންސީގެ ވެރިޔާ ކިރިލޯ ބުދަނޮވް ވިދާޅުވީ ރަޝިއާއިން ރާވަމުން އަންނަ ހަމަލާގައި ވައިގެ ހަމަލާތަކުގެ އިތުރުން އެއްގަމު ބަރު ހަތިޔާރު ވެސް ބޭނުންކުރާނެ ކަމަށެވެ.

ބުދަނޮވް ލަފާ ކުރެއްވި ގޮތުގައި ޖެނުއަރީ މަހު ފަހުކޮޅު ނުވަތަ ފެބްރުއަރީ ކުރީކޮޅު ރަޝިއާގެ ވަރުގަދަ ހަމަލާއެއް ޔޫކްރެއިންއަށް ކުރިމަތިވާނެ އެވެ.

"މި ހަމަލާއަކާ 2014 ވަނަ އަހަރު ދެ ގައުމުގެ މެދުގައި ހަމަނުޖެހުންތައް ފެށުނު ފަހުން އަހަރުމެންނަށް ކުރިމަތިވާނެ އެންމެ ވަރުގަދަ ހަމަލާއަށް ވާނެ،" ބުދަނޮވް ބުންޏެވެ.

ޔޫކްރެއިން އާއި ރަޝިއާ ގުޅޭ ބޯޑަރު ކައިރީގައި ރަޝިއާގެ 92،000 ވުރެ ގިނަ އަސްކަރީ ސިފައިން ހަރަކާތްތެރިވަމުން އަންނައިރު އެމެރިކާއިންނާއި ނާޓޯއިން ވަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ރަޝިއާގެ ކްރެމްލިންގެ ތަރުޖަމާނު މިތުރީ ޕެސްކޯވް ވިދާޅުވީ ޔޫކްރެއިންއާއި ރަޝިއާގެ މަޝްރަހު ރަނގަޅު ކުރަން މަސައްކަތް ކޮށްފި ނަމަ ހާލަތު އިތުރަށް ވާނީ ގޯސް ކަމަށާއި އެކަމުގެ ސަބަބުން ޔޫކްރެއިންއަށް ބޮޑު ގެއްލުންތަކެއްވާނެ ކަމަށެވެ.

ޕެސްކޯވް އިތުރަށް ވިދާޅުވީ އެންމެ ރަނގަޅުވާނީ އެމެރިކާ ހިމެނޭ ގޮތަށް ބޭރުގެ ފަރާތްތަކުން އެކަމާ ނުބެހުން ކަމަށާއި ދެ ގައުމުގެ ދެމެދުގައި ހިނގާ ކަންކަމުން ދުރުވެ ތިބުން ކަމަށެވެ. – އަލް އަރަބިއްޔާ