ބަދަނުގެ ކޮންމެ ބާވަތަކީ ވެސް ސިއްހީ އެތައް ފައިދާތަކެއް ލިއްބައިދޭ އެއްޗެކެވެ. އެހެންވެ ކެއުމުގެ ވައްޓަފާޅި ބައްޓަންކުރާ އިރު ނުވަތަ ޑައެޓެއް ބެލެންސްކުރާ އިރު ނަޓްސްގެ ބާވަތްތައް ހިމެނުން ވަރަށް މުހިއްމެވެ.
ބަަދަނުގެ ވަކިވަކި ބާވަތްތަކަށް ބަލާއިރު ކެޝޫ ނަޓަކީ ވެސް ސިއްހީ އެތައް ފައިދާއެއް އެކުލެވޭ އެއްޗެވެ. މުހިއްމު ކަމަކީ ކޮންމެވެސް ސިފައެއްގައި، ދުވަހުގެ ކެއުމުގެ ތެރޭގައި ކެޝޫ ހިމެނުމެވެ. ނަޓްސްގެ ބާވަތްތަކަކީ ސްނެކެއްގެ ގޮތުގައި ބޭނުންކޮށްލެވޭނެ އެއްޗަކަށްވާތީ މިއީ އަތްމަތީގައި ވެސް އާންމުކޮށް ގެންގުޅެވިދާނެ އެއްޗެކެވެ.
ކެޝޫ ނަޓަކީ ހަކުރުގެ މިންވަރު ވަރަށް ދަށް އަދި ކޮޕާ އިން މުއްސަނދި އެއްޗެކެވެ. މި ބޭނުންކުރުމުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވެސް ރަނގަޅުކޮށް ސިކުނޑީ ތަރައްގީކޮށްދެ އެވެ. ކެޝޫ ނަޓްސްގައި އެކުލެވޭ މުހިއްމު މާއްދާތަކުގެ ތެރޭގައި ފައިބަރާއި މެގްނީޒިއަމާއި ޕްރޮޓީނާއި ޒިންކާއި ފޮސްފޮރަސް އާއި ހެލްދީ ފެޓްގެ އިތުރުން އެންޓިއޮކްސިޑަންޓްސް ހިމެނެ އެވެ.
ކޮލެސްޓްރޯލް ހަމައަކަށް އަޅުވަން ބޭނުން ނަމަ ކެޝޫ ނަޓަކީ ކޮންމެ ދުވަހަކު ބޭނުންކުރަން ވަރަށް ރަނގަޅު އެއްޗެކެވެ. މީގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ނުރަނގަޅު ކޮލެސްޓްރޯލުން ސަލާމަތްކޮށްދޭނެ އެވެ.
ހިތުގެ މައްސަލަތަކާ ދެކޮޅަށް ކެޝޫ ނަޓް ބޭނުންކުރެވިދާނެ އެއްޗެކެވެ. މީގައި އެކުލެވޭ މެގްނީޒިއަމްގެ ސަބަބުން ހިތުގެ ވަރަށް ގިނަ މައްސަލަތަލުން ރައްކާތެރިކޮށްދޭން ބާރަކަށްވެ އެވެ. ހަމަމިއާ އެކު ހިތަށް ބޭނުންވާ މުހިއްމު އިންޕްލަމޭޓަރީ ޕްރޮޕަޓީތަކުގެ އިތުރުން ކެޝޫ ނަޓުން ވިޓަމިނާއި މިނެރަލާއި ފައިބަރު ވެސް ލިއްބައިދޭތީ މިއީ ހިތުގެ ދުޅަހެޔޮ ކަމަށް ވަރަށް މުހިއްމު އެއްޗެކެވެ.
ބަރުދަން ލުއިކޮށް ހިކެން ބޭނުންވާ ނަމަ ޑައިޓްގެ ތެރެއަށް ކެޝޫ ނަޓްސްގެ އިތުކުރަން ވާނެ އެވެ. މީގައި އެކުލެވޭ އޮމެގާ-3 ފެޓީ އެސިޑްސްގެ ސަބަބުން މެޓަބޮލިޒަމް ރަނގަޅުކޮށްދެ އެވެ. ނަތީޖާ އަކީ ބަރުދަން ލުއިވާން މަގުފަހިވުމެވެ.
ހަކުރުބަލީގެ މީހުންނަށް ކެޝޫ ނަޓަކީ ވަރަށް ފައިދާ ހުރި އެއްޗެކެވެ. މި ކެއުމުން ލޭގެ ހަކުރު ކޮންޓްރޯލްކޮށްދޭން ބާރު އަޅަ އެވެ.
ލޮލުގެ ދުޅަހެޔޮ ކަމަށް ވެސް ކެޝޫ ނަޓަކީ ހައްލަކަށްވެ އެވެ. މީގައި އެކުލެވޭ ލުޓެއިން އާއި ޒިއަޒެންތިންގެ ސަބަބުން ލޮލުގެ ރެޓިނާ ހިމާޔަތްކޮށްދެ އެވެ. އަދި ކެޝޫ ނަޓްސް ބޭނުން ކުރާ ނަމަ އިރުގެ ނުރައްކާތެރި ދޯދިތަކުން ލޮލަށް ލިބޭ ގެއްލުންތައް ވެސް ކުޑަކޮށްދެ އެވެ.