ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަލަށް އާބާދުވާން ފަށާފައިވާ ހިޔާ ފްލެޓް ސަރަހައްދުގައި ހުއްދަ ނެތި ވިޔަފާރިކުރުން އާންމުވެއްޖެ އެވެ.
ގިނަ އަދަދެއްގެ ބަޔަކަށް އެއްފަހަރާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރީ ސަރުކާރުން ހިންގި އެންމެ ބިޔަ އެއް ހައުސިން މަޝްރޫއުއެއްގެ ގޮތުގައި ހިޔާ މަޝްރޫއު ހިމެނެ އެވެ އަދި އެ ތަން ނިމި ގިނަ އަދަދެއްގެ މީހުން ވަނީ ހިޔާ ފްލެޓްތަކަށް ބަދަލުވެ ވަޒަންވެރިވެފަ އެވެ. އަދި އާބާދު ވަމުން އަންނަ ވަރަކަށް އެ ސަރަހައްދުގައި ސްކޫލްތަކާއި، ފިހާރަތަކާއި، ޖިމް، ސެލޫން އަދި އެހެނިހެން ތަންތަން އެޅުމަށް ވެސް ސަރުކާރުން މަސައްކަތްކުރަމުން އެބަގެންދެ އެވެ.
ވިޔަފާރިކުރަން ހިޔާ ފްލެޓްގެ ޓަވަރުތަކުން ބައެއް ދޫކުރަން އެޗްޑީސީން މީގެ ކުރިން އިއުލާނުކޮށްފައިވާއިރު، އެކި ސަރަހައްދުތަކުގައި އެކި ވިޔަފާރިކުރަން ބަހާލައިގެން އެޗްޑީސީން އަންނަނީ އެ ތަންތަން ވިޔަފާރިކުރަން ހުއްދަ ދޫކުރަމުންނެވެ. އެކަމަކު އެކަންތައްތައް ވެސް އުސޫލުތަކާ އެއްގޮތަށް ކުރިޔަށް ނުގޮސް، ހުއްދަ ނެތި ވިޔަފާރިކުރުން މިހާރު ވަނީ އާއްމުވެފަ އެވެ.
ބައިސްކަލުގެ ވަށިގަނޑުގަ އާއި ޕިކަޕްތަކުގަ އާއި ގާޑިޔާތަކުގައި މުދާ އަތުރައިގެން ބިދޭސީންނާއި ދިވެހިން ވިޔަފާރިކުރަން ވަނީ ފަށައިފަ އެވެ. އެއްވެސް ތަނެއްގައި ހުއްދަ ނެތި ވިޔަފާރިކުރުމަކީ މަނާކަމެއް ކަމަށްވާއިރު، މިކަން ހުއްޓުވަން އެޗްޑީސީ ވަނީ ނުކުޅެދިފަ އެވެ.
ހިޔާ ފްލެޓް ސަރަހައްދުގައި ފިހާރައެއް ހިންގާ ވިޔަފާރިކުރާ ވިޔަފާރިވެރިއަކު "ހުރިހާ" އާ ވާހަކަދައްކަމުން ބުނީ ދައުލަތުން ހިޔާ ފްލެޓް ސަރަހައްދުގައި ވިޔަފާރިކުރުމަށްޓަކައި ތަންތަން ކުއްޔަށް ދޫކުރާއިރު، އެއްބަޔަކު އެ އުސޫލަށް ތަބާ ނުވެ، ބޭނުންހާ ގޮތަކަށް ވިޔަފާރިކުރާ ކަމަށާއި، އެގޮތަށް އެކަން ކުރާއިރު، އަނެއް ބަޔަކު ކުލި ދައްކައިގެން ވިޔަފާރިކުރަން ޖެހުމަކީ އިންސާފުވެރި ގޮތަކަށް ނުވާނެ ކަމަށެވެ.
"އެގޮތަށް ވިޔަފާރިކުރަން ހުއްދަ ދޭކަމަށް ވަނީ ނަމަ ކީއްކުރަންތޯ އަޅުގަނޑުމެން ވެސް ދައުލަތަށް ކުލި ދޭގޮތަށް ތަނެއް ނަގައިގެން ވިޔަފާރި ފަށަންވީ؟ އަޅުގަނޑުމެން ވެސް ހަމަ ޕިކަޕަކަށް މުދާ އަރުވައިގެން ގެނެސް މިތާ މަގުމަތީގަ ހުރިހާ ލޮކޭޝަނެއްގައި ވިޔަފާރި ކުރަންވީނުންތޯ؟ އުސޫލެއް އޮންނަންވާނެ ކޮންމެ ކަމެއް ކުރުމުގައި ވެސް،" އޭނާ ބުންޏެވެ.
އޭގެ އިތުރުން ހިޔާ ފްލެޓްތަކަށް މީހުން ބަދަލުވެ، މަރާމާތުކުރަމުން ގެންދާ ދަނޑިވަޅެއްގައި، ހިރަފުހާއި، ގޭތަކުން އުކާލާ ކުނިތައް ކައިރީގައި މޭޒު ބަހައްޓައިގެން ކާބޯތަކެތި ވެސް ވިއްކަމުން ގެންދާ ކަމަށް އޭނާ ބުންޏެވެ. އަދި އެއީ އެކަންކުރުން އެންމެ ރައްކާތެރި ގޮތެއް ނޫން ކަމަށާއި، އެކަމާ ގުޅިގެން ކަމާ ބެހޭ އިދާރާތަކުން ވެސް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް އެ ވިޔަފާރިވެރިޔާ ބުންޏެވެ.
"އެންމެ ފުރަތަމަ އެކަން އެހެން ކުރަން ފެށުމުން އަޅުގަނޑުމެން އެހީމާ އެޗްޑީސީން ވިދާޅުވީ، އެ ސަރަހައްދުގައި ރައްޔިތުންނަށް އެއްވެސް ނިޒާމެއް ނެތީމައޭ އެކަން ހުއްދަކުރީ. އެކަމަކު ދުވަހަކަށް ފަހު ދުވަހެއް ފާއިތުވެ ވެހިކަލްތައް ގިނަވާން ފެށުމުން އެޗްޑީސީއަށް ގުޅީމަ އެޗްޑީސީން ވެސް ވިދާޅެއް ނުވި ކިތައް ވެހިކަލަކަށް ކަމެއް ހުއްދަ ދެއްވީކީއެއް، ނޫނީ އެ ވެހިކަލަކަށް ހުއްދަ ދެވުނީ ކިހާ މުއްދަކަތަށް ކަމެއް،" އޭނާ ބުންޏެވެ. "ދެން އަޅުގަނޑުމެން އެ ވާހަކަ ވެސް ބުނީމަ ވިދާޅުވި މިހާރު އޮންނާނީ އެ މީހުންނަށް އެކަން ހުއްޓަން ބުނެފަ ކަމަށް. އެކަމަކު އެ މީހުންނަށް ހުއްޓާކަށް ނުބުނެ، އެޗްޑީސީން ފިޔަވަޅެއް ނާޅާ."
މިކަމާ ގުޅިގެން އެޗްޑީސީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
މީގެ ކުރިން އެޗްޑީސީން ކުރި އިއުލާނެއްގައި ވަނީ ދެވަނަ ފިޔަވަހީގައި ފިހާރަތަކާއި، ކެފޭ އަދި ކްލިނިކްގެ އިތުރުން ބޭސްފިހާރަ ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅައިގެން އެ ސަރަހައްދުގައި ވިޔަފާރިކުރުމަށް ހުޅުވާލައިފަ އެވެ. ނަމަވެސް އެ އުސޫލްތަކާ އެއްގޮތަށް ހިޔާ ފްލެޓް ސަރަހައްދުގައި މަސައްކަތް ނުކުރެވޭއިރު، އެ ސަރަހައްދުގައި ހުއްދަ ނެތި އެކި އެކި ވިޔަފާރިކުރަމުން އެބަގެންދެ އެވެ.
ވިޔަފާރިވެރިން އެމީހުންނަން ކުއްޔަން ދޫކޮންފައި ހުރި ފިހާރަތަން ނުހުޅުވާ ވިޔަފާރި ވެރިން ކޯއްޗެއްތޯ މިކިޔަނީ ކަލޭމެންނަން ނުވާނަމަ އެހެން މީހުން ވިޔަފާރި ކުރުމުން ކޮބާހޭ މައްސަލައަކީ ނުވަންޏާ ކުއްޔަން ހިފި ތަންތަން ދޫކޮށްލާ ވިޔަފާރި ކުރެވޭ މީހުންނަން އެ ފިހާރަތައް ކުއްޔަން ދިނުމަން ގޮވާލަން މިހާރު ފިހާރަތަން ހުޅުވާފަ ތިބި މީހުން އަތުން ފިހާރަތަން އަތުލުމަން އެޗްޑީސީއަށް ގޮވާލަން ވަރަށް ސަލާމް.
އެޗްޑީސީގެ ސުހައިލުއަކީ އެއްވެސް ތަޖްރިބާއެއް ތަނެއްދޮރެއް ޢެއްޗެއް އެނގޭމީހެއްނޫން އެމްޑީޕީގެ މީހަކަށްވާތީ ވަޒީފާ ދީފާހުންނަމީހެއް ވަރަށް ވަރަށް ސާފް އިނގޭތޯ