ލެންސްއަކީ މިހާރަކަށް އައިސް ޒީނަތްތެރި ވުމަށްޓަކައި ނުވަތަ ނަމްބަރު އައިނުގެ ބަދަލުގައި ވަރަށް ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ އެއްޗެކެވެ. ނަމަވެސް މިއީ ފަރުވާތަރިކަމާއެކު ނުގެންގުޅެވިއްޖެނަމަ ލޮލަށް ދާއިމީ ގެއްލުން ލިބިދޭނެ އެއްޗެކެވެ. ހާއްސަކޮށް ލެންސް ބޭނުން ކުރާ އަންހެން ބޭފުޅުން މޭކަޕް ކުރުމުގައި އިތުރަށް ފަރުވާތެރިވާން ޖެހެ އެވެ.

ރަނގަޅު ބާވަތްތައް ޚިޔާރު ކުރުން

ފައުންޑޭޝަން، އައިޝެޑޯ ، އައި ލައިނަރ ބޭނުން ކުރާއިރު އޮއިލްފްރީ އެއްޗިހި ބޭނުން ކުރާށެވެ. ތެޔޮ ހިމެނޭ މެކަޕް ބޭނުން ރުމުން ލޯހިރުވާ ލެންސް ހަޑިވެ ލޮލުގެ މައްސަލަތަށް ދިމާވެ އެވެ. އެހެން ކަމުން ވޯޓާ ބޭސްޑް މޭކަޕްއެއް ހިޔާރު ކުރުން ވަރަށް މުހިއްމެވެ. އަދި މޭކަޕް ކުރުމުގައި ކަފަކޮޅަކުން ނުވަތަ ފިހިކޮޅަކުން ލޮލުގެ އެތެރޭގައި ނުޖެހޭނެހެން މޭކަޕް ކުރުން ވަރަށް މުހިއްމެވެ.

މޭކަޕް ކުރުމުގެ ކުރިން ލެންސް ލެއްވުން

އަބަދުވެސް މޭކަޕް ކުރުމުގެ ކުރިން ލެންސަ ލައްވަން އާދަކުރާށެވެ. މޭކަޕް ކުރުމަށްފަހު ލެންސް ހަޑިނުވެ ނުވަތަ މޭކަޕް ހަޑިނުވެ ލެންސް ލެއްވުމަކީ ވަރަށް އުނދަގޫ ކަމެކެވެ.

އައިލައިނާ އެޅުމުގައި ސަމާލުވުން

އައިލައިނާ އަޅާއިރު ސަމާލު ކަންދޭންވީ ލޮލުގެ އެސްފިޔައިން ތިރިއަށް ލިކުއިޑް ނުދަގޮތަށް އެސްފިޔަ އިގެ މަތިން ލޮލޮގައި އަޅާށެވެ. އައިލައިނާ އެޅުމުގައި އެސްފިޔައިގެ މާބޮޑަށް ތިރީގައި އެޅުމުން ބައެއްފަހަރު ލޮލަށް ލިކުއިޑް ގެ އަސަރު ކުރެއެވެ.