އައިލައިނާ ނުވަތަ އަނދުން އެޅުމަކީ އެއާ ނުލާ އަންހެނުންގެ "ލުކް" ފުރިހަމަ ނުވާނެ ކަމެކެވެ. ނަމަވެސް އައިލައިނާ އަޅަނީ ހަށިގަނޑުގެ އެންމެ ނާޒުކު ގުނަވަނުގައި ކަމަށްވުމާއެކު އެ ބޭނުން ކުރުމުގައި ވެސް ވަރަށް ފަރުވާތެރިވާން ޖެހޭނެ އެވެ.

ތުނޑު ތޫނު ފަންސުރެއް ބޭނުންކުރުން

އައިލައިނާ އަޅަނީ ފަންސޫރަކުން ކަމުގައި ވާނަމަ އެ ފަންސޫރަކީ ވަރަށް ތުނޑު ތޫނު ފަންސޫރަކަށް ވާންޖެހެއެވެ. ތުނޑު ތޫނު ފަންސޫރުން ސީދާ ރޮނގު އެޅުމަށް މާބޮޑަށްވެސް ފަސޭހަވެގެންދެ އެވެ.

ލޮލުގެ ރަވައިގައި ކުލަ ކުލައިގެ އައިލައިނާ ނޭޅުން

ޗާލުކޮށް ނަލަކޮށް ހުންނަން ބޭނުން ނަމަ ލޮލުގެ ރަވައިގައި ކުލަ ކުލައިގެ އައިލައިނާ ނޭޅުމަށް މޭކަޕް އާޓިސްޓުން ލަފާދެ އެވެ. މާހިރުން ލަފާދެނީ ތީމް ޕާޓީ ތަކުގައި ނޫން ގޮތަކަށް ރަވައިގައި ކުލަ ކުލައިގެ އައިލައިނާ ނޭޅުމަށެވެ.

ލިކުއިޑް އައިލައިނާ އެޅުން

ލިކުއިޑް ލައިނާ ލޮލުގެ ތިރީ ރަވައިގައި އެޅުމުން ވަރަށް ފަސޭހައިން ފޭދިގެން ދާގޮތް ދިމާވާނެ އެވެ. އެހެން ކަމުން ލިކުއިޑް އައިލައިނާ ބޭނުން ކުރުން ރަނގަޅީ ހަމައެކަނި ލޯމަތީގައި އެޅުމަށެވެ. ލޮލުގެ ތިރީ ރަވައިގައި އަޅާނީ ފަންސުރު ލައިނާ އެވެ.

މާބޮޑަށް ލޯ ނުދެމުން

ބައެއް މީހުން ލައިނާ އަޅާއިރު ލޯ ދަމާލައިގެން އަޅަ އެވެ. ކުޑަކޮށް ލޯ ދަމައިލެވިދާނެ އެވެ. ނަމަވެސް އެހާބޮޑަށް ލޯ ދަމައިގެން ލައިނަރ އަޅާކަމަށް ވާނަމަ ސީދާކޮށް ލައިނާ އަޅަން އުނދަގޫ ވާނެ އެވެ. އަދި އެހާ ކްލީން ލުކްއެއް ނުފެންނާނެ އެވެ.