ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި މާލޭން ރަޖިސްޓްރީވާން ބޭނުންވާ މީހުންނަށް އިސްލާމިކް މިނިސްޓްރީން އެ ފުރުސަތު ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ދަފްތަރުގައި އަލަށް ރަޖިސްޓްރީކުރަން ބޭނުންވާ މީހުނަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން މިމަހުގެ 30 ވަނަ ދުވަހާ ހަމައަށް އެ ފުރުސަތު ހުޅުވާލާފައިވާނެ ކަމަށެވެ.

މީގެ ކުރިން މުދަލު ޒަކާރުގެ ފައިސާ ލިބިފައިވާ މީހުން ފަގީރުންގެ ދަފްތަރުގައި ހިމެނޭތީ، އަލަށް ރަޖިސްޓްރީވުމަށް ހުޅުވާލާ މި ދަފްތަރުގައި އެ މީހުން ރަޖިސްޓްރީވާން ނުޖެހޭ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން އިސްލާމިކް މިނިސްޓްރީން ވަނީ މި ދަފްތަރުގައި ރަޖިސްޓްރީވާން އެދޭ ފޯމު އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުންނާއި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށް ބުނެފަ އެވެ.

މިނިސްޓްރީން ބުނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 9:00 އިން 12:30 އަށް އެމިނިސްޓްރީން އެކުލަވާލާފައިވާ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި މާލޭން ރަޖިސްޓްރީ ވާން އެދޭ ފޯމު މިނިސްޓްރީން ބަލައިގަންނާނެކަމަށެވެ.