ރީތި، ހުދު ދަތްޕިލައަކީ އަނގައިގެ ސިއްހަތު ދުޅަހެޔޮކަން މަތީ ބެހެއްޓުމަށްޓަކައި ވަރަށް މުހިއްމު އެއްޗެކެވެ. ދަތްތައް ހަޑިވެ، ކުލަ ބަދަލުވެފައިވާ ނަމަ އެއީ ސިއްހަތަށް ގެއްލުންހުރި ކަމެއްގެ އިތުރުން ލަދުވެތި ކަމެއް ވެސްމެ އެވެ.

މި ލިޔުމުގައި މި ބަލާލަނީ ދަތްތަކުގެ ސިއްހަތަށް ގެއްލުންދޭ ބައެއް ކެއުންތަކަށެވެ. ވީ ވަރަކުން މި ކެއުންތަކާ ދުރުވެވޭތޯ ބެލުން އެއީ މުހިއްމު ކަމެކެވެ.

އެނާޖީ ޑްރިންކްސްތަކާއި ސޯޑާތައް

އެނާޖީ ޑްރިންކްސްއާއި ސޯޑާ ފަދަ ކާބޯނޭޓަޑް ބުއިންތަކުން ދަތްތަކާއި ހިރުގަނޑަށް ވެސް ގިނަ ގެއްލުންތަކެއް ލިބެ އެވެ. މި ބުއިންތަކުގައި އެކުލެވޭ އެސިޑް މާއްދާތަކުގެ ސަބަބުން ދަތްތައް ފަނިކެއުމަށް މަގުފަހިވެ ދަތްތައް ގިރުމުގެ ފުރުސަތު ބޮޑުވެ އެވެ.

ގޮދަނުގެ ބާވަތްތައް

އާދައިގެ ހަނޑުލާއި ފުށް އަދި ހުދު ޕާން ފަދަ ރިފައިންޑް ގޮދަނުގެ ބާވަތްތަކަކީ ވެސް ދަތްތަކުގެ ސިއްހަތު ދެރަވެ އެވެ. މި ކެއުންތައް ދަތްތަކުގައި ތަތްވެ، ގިނަ މައްސަލަތަކެއް ކުރިމަތި ކުރުވަ އެވެ.

މާބޮޑަށް ހަރު އަދި ތަތްލަވާ ކެއުންތައް

މާބޮޑަށް ހަރު ތަކެތި ހެފުމާއި ތަތްލަވާ ޒާތުގެ ކެއުންތަކަކީ ވެސް އެތަކެތީގެ ސަބަބުން ދަތްތަކަށް ގެއްލުން ލިބޭ ތަކެއްޗެވެ. މި ތަކެތީގެ ސަބަބުން ދަތްތަކުގެ ބާރު ދަށްވެ، ދަތް އުފުރާލަން ޖެހުމަކީ ވަރަށް ގާތް ކަމެކެވެ.