"ބިގް ބޮސް 15" ވަނަ ސީޒަން ހުށަހަޅާ ހޯސްޓަކަށް ސަލްމާން ހާންގެ ބަދަލުގައި ޝެހެނާޒް ގިލް ހަމަޖައްސައިފި އެވެ.

އިންޑިޔާގެ ނޫސްތަކުން ބުނާ ގޮތުގައި ބިގްބޮސްގެ ކުރިއަށް އޮތް އެޕިސޯޑުތަކުގެ ހޯސްޓުކަން ސަލްމާނަށް ނުކުރެވޭނެ ކަމަށް ބެލެވެނީ، ދަބަންގް ޓުއާއަށް ދާން ޖެހޭތީ އެވެ. އަދި ސަލްމާނަށް ނާދެވުމުން، ބިގްބޮސްއިން ވަނީ ޝޯގެ ހޯސްޓުކަން ޝެހެނާޒަށް ހަވާލުކޮށްފަ އެވެ.

ޝޯގެ ހޯސްޓް ބަދަލުކޮށްފައި ވަނީ މިފަހަރުގެ ސީޒަންއަށް ލިބިފައިވާ ޓެލެވިޝަން ރޭޓިން ޕޮއިންޓް(ޓީއާރްޕީ) މީގެ ކުރިން ދުވަަކު ވެސް ނުދާވަރަށް ދަށަށް ގޮސްފައި ވަނިކޮށެވެ. މި ސަބަބާ ގުޅިގެން ބިގް ބޮސްގެ މިފަހަރުގެ ޝޯ މެދުތެރެއިން ހުއްޓާލަން ޖެހިދާނެކަމުގެ އިޝާރާތެއް ވެސް ޝޯގެ މެނޭޖްމަންޓުން ދީފައިވާ ކަމަށް އިންޑިޔާ ނޫސްތަކުން ބުނެފައިވެ އެވެ.

ޝޯގެ ޓީއާރްޕީ ދަށްވީ ބިގް ބޮސްގެ މެނޭޖުމަންޓުން ޝޯގެ ވައްޓަފާޅި ވަކި ގޮތަކަށް ބަދަލުކޮށްލުމުން ކަމަށް ބައެއް މީހުން ބުނެ އެވެ.

ހަމައެހެންމެ ޝޯއަށް ކިރިޔާ ވެސް ރޭޓިން ގިނަ ވަނީ، ޕްރަތީކް ސެހަޖްޕާލާއި އުމަރް ރިއާޒާއި ދެމެދުގައި އޮތް މައްސަަލައިގެ ސަބަބުން ކަމަށާއި، ކަރަން ކުންދްރާ އަދި ތެޖަސްވީ ޕްރަކާޝްގެ ލޯބީގެ ސަބަބުން ކަމަށް ބެލުންތެރިން ބުނެފައިވެ އެވެ.