މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރެއްވުމަށްޓަކައި ރައީސް އިބްރާހީމް މުޙައްމަދު ސާލިހު ފައްޓަވާފައިވާ މަސައްކަތުގެ ނަތީޖާ އަންނަ އަހަރުގެ ފުރަތަމަ ކޮޅުގައި ފެންނާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ފުލުހުން އަތުލައިގެންފައިވާ މަސްތުވާތަކެތި ނައްތައިލުމަށް މިއަދު ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުން ނެވެ. މިނިސްޓަރު އިމްރާން ވިދާޅުވީ ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ރާއްޖެ ބޭނުންކޮށްގެން ގެންނަ މަސްތުވާތަކެތި ހޯދައި، އެ އެއްޗެހި ނައްތާލުމަކީ ފުލުހުން ކުރާ ވަރަށް ބޮޑު މަސައްކަތެއް ކަމަށެވެ.
މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން އަހަންމިއްޔަތުކަން ދޭ މިންވަރުގެ ވަރަށް ބޮޑު ކަމަށާއި އެންމެ އަލިގަދަ ހެއްކަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމަށް ހުރިހާ މުއައްސަސާތައް ހިމެނޭ ޓާސްކްފޯސްއެއް އެކުލަވާލެއްވުން ކަމަށް ވަޒީރު ވިދާޅުވި އެވެ. އަދި ރައީސް ސޯލިހު ފެއްޓެވި މަސައްކަތުގެ ނަތީޖާ ކުރިއަށް އޮތް އަހަރުގެ ފުރަތަމަ ބައިގެ ތެރޭގައި ފެންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މަސްތުވާތަކެތީގެ މައްސަލައާ ގުޅިފައިވާ އެ ތަކެތީގެ ވިޔަފާރި ވިއުގަތައް އެބަހުރި ކަމަށާއި، އެކަމަށް ހިތްވަރުދީ ވާގިވެރިވާ ސިޔާސީ ފަރާތްތައްވެސް އެބަތިބި ކަމަށް އިމްރާން ވިދާޅުވި އެވެ. އަދި އެ ފަރާތްތައް ޖަވާބުދާރީކުރުވުމަކީ ރައްޔިތުންގެ ޒިންމާއެއް ކަމުގައި ވެސް އިމްރާން ވިދާޅުވި އެވެ.
ރައީސް ޔާމީން ކުރިއަށް އިންޑިއާ ފަހަތަށް ފަހަތަށް ރައީސް ޔާމީން ކުރިއަށް އިންޑިއާ ފަހަތަށް ފަހަތަށް ރައީސް ޔާމީން ކުރިއަށް އިންޑިއާ ފަހަތަށް ފަހަތަށް ރައީސް ޔާމީން ކުރިއަށް އިންޑިއާ ފަހަތަށް ފަހަތަށް ރައީސް ޔާމީން ކުރިއަށް އިންޑިއާ ފަހަތަށް ފަހަތަށް ރައީސް ޔާމީން ކުރިއަށް އިންޑިއާ ފަހަތަށް ފަހަތަށް ރައީސް ޔާމީން ކުރިއަށް އިންޑިއާ ފަހަތަށް ފަހަތަށް ރައީސް ޔާމީން ކުރިއަށް އިންޑިއާ ފަހަތަށް ފަހަތަށް ރައީސް ޔާމީން ކުރިއަށް އިންޑިއާ ފަހަތަށް ފަހަތަށް ކުރިއަށް ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް