މިއަހަރަކީ ތިބާގެ ހަންގަނޑަށާއި ބުރުސޫރައަށް އެންމެ ރަނގަޅު އަހަރު ކަމުގައި ހަދަން ބޭނުން ނަމަ ކުރަން އަޒުމް ކަނޑައަޅަން ޖެހޭ މުހިއްމު ބައެއް ކަންކަން އެބަހުއްޓެވެ. އެއީ ސަން ސްކްރީން ހޭކުމުން ފެށިގެން މޭކަޕް ކުރާ ބްރަޝްތައް ދޮވުން ކަމުގައި ވިއަސް މި ލިޔުމުގައި މި ބަލައިލާ ފަސް ކަމަކީ ރީތި އުޖާލާ ހަންގަނޑެއް ބޭނުންނަމަ ކުރުން މުހިއްމު ކަންކަމެވެ.
ސަން ސްކްރީން މިސް ނުކުރުން
ކޮންމެ ދުވަހަކުވެސް ސަން ސްކްރީން ހޭކުމަކީ މުހިއްމު ކަމެކެވެ. ސަން ސްކްރީން ހާކަން ވާނީ ގެއިން ނުކުތުމުގެ 15 މިނިޓް ކުރިންނެވެ. އަވިދީފައި ނެތަސް ވިއްސާރަ ކަމުގައި ވިޔަސް ސަން ސްކްރީން ހޭކުމަކީ ކޮންމެހެން މުހިއްމު ކަމެކެވެ. އޭގެ ސަބަބުން ހަންގަނޑު އަވަހަށް މުސްކުޅި ވުމުން ދުރުކޮށްދީ ޓޭން ވުމާއި ކަޅު ލައް ޖެހުމުން ސަލާމަތްކޮށްދޭނެ އެވެ.
އަބަދުވެސް މޮއިސްޗަރައިޒް ކުރުން
ހަންގަނޑު ހައިޑްރޭޓްކޮށް ހުރުމަކީ އުޖާލާ ހަމަކަށް މުހިއްމު ކަމެކެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް ހެނދުނާއި ރޭގަނޑު މޮއިސްޗަރައިޒަރެއް ހޭކުމަށް އާދަކުރާށެވެ. މޮއިސްޗަރައިޒް ކުރާއިރު ލޮލުގެ މަތީކައިރި ހަނދާން ނައްތައި ނުލާށެވެ. އެތަނަކީ އެންމެ ތުނި ހަން ހުންނަ ހިސާބު ކަމަށް ވެފައި ލޯކަރީ ހަންގަނޑު މޮއިސްޗަރައިޒް ނުކުރެވޭ ނަމަ ހަންގަނޑު ހިކޭގޮތްވެ މުސްކުޅި ވުމުގެ ފުރުސަތު ބޮޑު ވެގެންދެ އެވެ.
މޭކަޕް ނުފޮހެ ނުނިދުން
ހަންގަނޑަށް ދެވޭނެ އެންމެ ބޮޑު ގެއްލުމަކީ މޭކަޕާ އެކު ނިދުމެވެ. އޭގެ ސަބަބުން ބިހި ނެގުމާއި އެކި ބާވަތުގެ އެލާޖީ އާއި ހަންގަނޑު ހިކޭގޮތް ވުމާއި މިހެންގޮސް އެތައް މައްސަލަތަކެއް ހަމަށް ދިމާވެއެވެ. އެހެން ކަމުން ނިދުމުގެ ކުރިން މޭކަޕް ރަނގަޅަށް ސާފު ކުރުމަށްފަހު މޮއިސްޗަރައިޒް ކުރުމަށް އާދަކުރުން މުހިއްމެވެ.
މޭކަޕް ފިހިތައް ސާފު ކުރުން
މޭކަޕް ފިހި ތަކަކީ ގިނަ އަދަދަކަޓް ޖަރާސީމު އުފެދޭ އެއްޗެކެވެ. އެހެންކަމުން އެ ފިހިތައް ސާފު ކުުރުމަކީ ކޮންމެހެން މުހިއްމު ކަމެކެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި މޭކަޕް ކުރަން ބޭނުން ކުރާ ފިހިތައް މަދުވެގެން މަހަކު އެއްފަހަރު ދޮވެ ސާފުކުރުން މުހިއްމެވެ. އަދި ލޮލުގެ މޭކަޕް ކުރުމަށް ބޭނުން ކުރާ ބުރުސްތައް މަހަކު ދެފަހަރު ސާފު ކުރުން މުހިއްމެވެ.