ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބެހޭ ގޮތުން ޖަމިއްޔަތުލް އިއްތިހާދުގެ ނަމުގައި ފުހުންނަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވާ ކަންތައްތައް ބެލިބެލުމުން ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭ ފަދަ ކަމެއް ފާހަގަކުރެވިފައި ނުވާތީ، ނަޝީދުގެ ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭ ފަދަ ކަމެއް ނެތް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އެ ސިޓީއާ ގުޅޭ ގޮތުން ފުލުހުން ބުނީ ޖައްމިޔަތުން އިއްތިހާދުގެ ނަމުގައި ފޮނުވި ސިޓީގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅިގެން އެ ހިދުމަތުގެ ފަރާތުން ތަހުގީގެއް ކުރިއަށް ނުގެންދާ ކަމަށެވެ. އަދި އެ ހިދުމަތުން ބެލިބެލުމުން ސިޓީ ހުށަހަޅާފައިވަނީ ދައުލަތުގެ އެއްވެސް އިދާރާއެއްގައި ރަޖިސްޓްރީކުރެވިގެން ހިންގާ ގާނޫނީ ސަހުސަކުން ކަމަށް ނުވާތީ އެ ސިޓީއާމެދު އަމަލުކުރިގޮތް އެ ސިޓީ ފޮނުވި ފަރާތަށް ވެސް އަންގާފައި ނުވާނެ ކަމަށް ފުލުހުން ބުންޏެވެ.
"އެ ސިޓީއާމެދު މި ހިދުމަތުން އަމަލުކޮށްފައި ވާނީ މި ހިދުމަތާ ހިއްސާކުރާ މައުލޫމާތުތަކާ މެދު އަމަލުކުރަމުންދާ އުސޫލުން ކަމުގައި ދަންނަވަމެވެ. އިސްލާމްދީނާއި ހިލާފަށް ދިވެހިރާއްޖޭގައި ބައެއް ފަރާތްތަކުން ހިންގާ ކަންކަމަކީ މިހިދުމަތުން ވަރަށް އިސްކަމެއްދީގެން ތަހުގީގުކުރަމުންދާ އަދި މުސްތަގުބަލުގައި ވެސް ތަހުގީގުކުރާނެ މައްސަލަތަކެއް ކަމުގައި ދަންނަވަމެވެ. ނަމަވެސް އެސިޓީގައި ފާހަގަކޮށްފައިވަނީ މިފަދަ ކަމެއްގެ މައުލޫމާތެއް ނޫންކަން ވެސް ފާހަގަކުރަމެވެ.،" ފުލުހުން ބުންޏެވެ.
އެ ޖަމިއްޔާއިން ފުލުހުންނަށް ހުށަހެޅި ސިޓީ ރައީސް ނަޝީދަށް ތުހުމަތުކޮށްފައިވަނީ ޣައިރު ދީންތަކުގެ ޝިއާރުތައް ފަތުރާކަމުގެ ތުހުމަތެވެ.
އެ ސިޓީގައި ބުނެފައި ވަނީ 2020 ވަނަ އަހަރު، ރައީސް ނަޝީދު ނަސާރާއިން، ދީނީ ގޮތުން ފާހަގަކުރާ ދުވަހެއް ކަމަށްވާ ކްރިސްމަސްގެ ތަހުނިޔާ ފާޅުކަން ބޮޑު ގޮތެއްގައި ހުރިހާ ދިވެހިންނަށް ކިޔުއްވި ކަމަށެވެ. އަދި އޭގެ އިތުރުން މިދިޔަ އަހަރު ވެސް ރައީސް ނަޝީދު ކްރިސްމަސްގެ ތަހުނިޔާ ކިޔައި ފޮޓޯ އާންމުކޮށްފައިވާ ކަމަށް އެ އިއްތިހާދުން ވަނީ ބުނެފަ އެވެ.
އެ ސިޓީއާ ގުޅިގެން މަޖިލީހުގެ އިދާރާ މެދުވެރި ކުރައްވައި، ނަޝީދު މިއަދު ނެރުއްވި ބަޔާނެއްގައި ވަނީ އެމަނިކުފާނަކީި އިސްލާމްދީނާ ދެކޮޅު ބޭފުޅެއްގެ ގޮތުގައި ސިފަކުރަން މަސައްކަތް ކުރާތާ އަހަރުތަކެއް ވެއްޖެ ކަމަށާ އަދި ދީނީ ހަރުކަށި މީހުން ހިތްރުހޭ ރާގަށް އެމަނިކުފާނާ މެދު އެފަދަ ތުހުމަތުތައް ކުރަމުންދާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. އޭގެ ބޭނުމަކީ އެމަނިކުފާނުގެ ފުރާނައަށް ނުރައްކާ ކުރުން ކަމަށާއި އެހެންވެ، އެކަންކަން ބަލައި، ފިޔަވަޅު އަޅަން އެދިވަޑައިގަންނަވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
"އޭގެ ހަމައެކަނި މަގްސަދަކީ އަޅުގަނޑުގެ ޖާނަށް ނުރައްކާ ދިނުމެވެ. ލާދީނީ މީހެއް ކަމަށް ބުނެ ފަތުރާ އިލްޒާމުތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އުއްމީދުގައި ހުރީމެވެ." އެ ބަޔާނުގައި ނަޝީދު ވިދާޅުވެފައިވެ އެވެ.
ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ