ޖެކްލިން ފާނަންޑެޒްގެ މަންމަ ކިމް ފާނަންޑެޒްގެ ހާލު ދެރަވެ އެޑްމިޓްކޮށްފި އެވެ.
އިންޑިޔާގެ ނޫސްތަކުން ބުނާގޮތުގައި، ބަހްރޭނުގައި ދިރިއުޅެމުން ގެންދަނިކޮށް އޭނާގެ މަންމަ ކުއްލިގޮތަކަށް ހާލު ދެރަވެ އެޑްމިޓްކުރީ ހާޓް ސްޓްރޯކެއް ޖެހިގެންނެވެ. ކިމްއަށް މިހާރު ދަނީ ފަރުވާދެމުން ކަމަށް އިންޑިޔާ ނޫސްތަކުން ބުނެ އެވެ.
ޖެކްލިންގެ މަންމަގެ ހާލު ސީރިއަސްވެފައިވާއިރު، ޖެކްލިން ބަހްރޭނަށް ދިޔަކަމެއް މިހާތަނަށް ޔަގީންވެފައެއް ނުވެ އެވެ.
އެހެންނަމަވެސް އޭނާގެ މަންމަ ދުށުމަށް އޭނާ ބަހްރޭނަށް ދާނެ ކަމަށް ގިނަ ފޭނުން ލަފާކޮށްފައިވެ އެވެ.
ޖެކްލިންގެ އާއިލާގެ ގިނަ ބަޔަކު ވަނީ މީގެ އަހަރުތަކެއް ކުރިން ބަހްރޭނަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ.
ޖެކްލިން ބުނާގޮތުގައި މިފަހުން އިންޑިޔާގައި ކޮވިޑްގެ ހާލަތު ގޮސްވުމާއި ގުޅިގެން، އޭނާގެ އާއިލާއިން ވަނީ އެ މީހުންނާއެކު ދިރިއުޅެން ބަހްރޭނަށް ބަދަލުވުމަށް ޖެކްލިން ކައިރި މީގެ ކުރިން ބުނެފަ އެވެ.
ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ސްޕޮންސަރަކަށް ބީއެމްއެލް
ކައުންސިލް އިންތިޚާބަށް އެމްޑީޕީގެ ޓިކެޓް ހޯދަން 129 ކެނޑިޑޭޓުން
ހިރިމަރަދޫގައި މީހުން އުޅެނިކޮށް ކައުންސިލް އުވާލިކަމުގެ ތުހުމަތު
