މި ޒަމާނުގެ ޒުވާނުންގެ މެދުގައި ތުނބުޅިއަކީ އެމީހާގެ ސްޓައިލްއާއި ފެޝަން ހުންނަކަން އަންގައިދޭ އަދި މީހާގެ ފިރިހެން ވަންތަކަން ވެސް ދައްކުވައިދޭ ސިފައެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ވަރަށް މުހިންމު ސިފަ އެކެވެ. މިގޮތުން ބައެއް މީހުން ތުނބުޅިއެއް ނުފަޅައިގެން ކަންބޮޑުވާއިރު ތުނބުޅި ފަޅުވަން އެހީތެރި ވެދިނުމަށް ކުރެވިދާނެ އެތައް ކަމެއް ވެސް އެބަ ހުއްޓެވެ.
މޫނު އެކްސްފޮލިއޭޓް ކުރުން
އެންމެ ފުރަތަމަ ކަމަކީ ކޮންމެ ހަފްތާއަކު ވެސް ބަރާބަރަށް އެއް ފަހަރު މޫނުގެ ހަންގަނޑު އެކްސްފޯލިއޭޓް ކުރުމެވެ. މީގެ އިތުރުން ވެސް މޫނުގެ ހަންގަނޑު ވީހާ ވެސް ސާފު ތާހިރުކޮށް ބެހެއްޓުމަކީ ތުނބުޅި ދިގުވުމަށް އެހީތެރިވެދޭ ކަމެކެވެ.
މޫނު ސާފު ކުރުމުގައި ހިހޫވެފައިވާ ފެން ފޮދަކުން ސާފުކުރުމަކީ އެންމެ ރަނގަޅު ގޮތެވެ. އަދި ހަމާއި ގުޅޭ ޕްރޮޑަކްޓްއެއް ނުވަތަ ކްލެންސާއެއް ބޭނުން ކުރުމަކީ ވެސް އެންމެ ރަނގަޅު ކަމެކެވެ.
ރަނގަޅަށް ނިދުމާއި ކެއުން
ތުނނބުޅި ދިގުކުރުމަށް ރަނގަޅަށް ނިދުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. މިގޮތަށް ރަނގަޅަށް ނިދުމަކީ މޫނުގެ ހަމުގެ ހަލާކުވެފައިވާ ސެލްތައް މަރާމާތުކޮށްދޭ ކަމެކެވެ. ވިޓަމިންސް އޭ، ބީ، ސީ އަދި އީ ގިނަ އަދަދަކަށް ހިމެނޭ ކާނާ ކެއުމުގައި ހިމެނުމަކީ ވެސް މޫނުގެ އިސްތަށި އަވަހަށް ދިގުވާން މެދުވެރިވާ ކަމެކެވެ.
ސްޓްރެސް މަދުކުރުން
ދެން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ތަޖުރިބާކާރުން ފާހަގަކުރާ ކަމަކީ މީހާ ވީހާ ވެސް ކަންކަމާ ނުވިސްނާ ހަޔާތުގެ ސްޓްރެސް މަދުކޮށް ހަމަޖެހިގެން ހުރުމެވެ. ޔޯގާ އަދި މެޑިޓޭޝަންއަކީ މިގޮތުން ކުރެވިދާނޭ ބައެއް ކަންކަމެވެ. ގިނަ އަދަދަކަށް ޕްރޮޓީންސް ހިމެނޭ ކާނާ ކެއުމުގައި ހިމެނުމަކީ ވެސް ތުނބުޅި ދިގުކުރުމަށް ކުރެވިދާނެ ކަމެކެވެ.