ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނާނުންނަކީ އެތައް ބަޔަކު، އެމީހުންގެ ރޯލް މޮޑެލްގެ ގޮތުގައި ހަދާފައިވާ ބައެކެވެ.

ސަބަބަކީ އެފަންނާނުން އާންމުންނާއި ކުރިމަތިލަނީ ހުރިހާ ގޮތަކުންވެސް އެންމެ ފުރިހަމަކަން ހޯދައިގެންނެވެ. ފަންނާނުންނަށް މިކަން ހާސިލްކޮށްދިނުމަށް، އަގުބޮޑުކޮށް ވަޒީފާދީފައި ތިބޭ ފެޝަން ސްޓައިލިސްޓުން އަދާކޮށްދެނީވެސް ވަރަށް މުހިންމު ރޯލެކެވެ.

ނަމަވެސް ލޮލަށް ފެންނަ ކޮންމެ ކަމެއް ތެދަށް ނުވާފަދައިން، ބޭރުފުށުން ސާފުތާހިރުކަމަށް ދައްކައިގެން އުޅޭ މީހުންވެސް ދުނިޔޭގައި މަދެއް ނޫނެވެ. އޭގެތެރޭގައި އާންމުން ނަމޫނާ ނަގާ ބައެއް މީހުންވެސް ހިމެނެ އެވެ.

މީގެ އެއް މިސާލަކީ ހޮލީވުޑްގެ މަޝްހޫރު ފަންނާނެއްކަމަށްވާ ބްރެޑް ޕިޓް އެވެ. އިނގިރޭސި ވިލާތުގެ ނޫސްތަކަށް މައުލޫމާތުދެމުން ބްރެޑް ބުނީ ފެންނުވަރާ އޭނާއަށް އެއް ހަފްތާވެސް ހުރެވިދާނެ ކަމަށެވެ. އަދި އޭނާއަށް ފެން ނުވެރެނީ ހަދަރިންގެ ބައްޕަ އަކަށްވެފައި، އިރުކޮޅުކޮޅުން ބްރެޑްގެ ގަޔަށް އެކުދިން ކުޑަކަމުދިއުމާއި ގުޅިގެންކަމަށް އޭނާ ބުނެ އެވެ. ހަމައެހެންމެ މި ލިސްޓުގައި އެމެރިކާގެ އެކްޓަރުންކަމަށްވާ އެޝްޓަން ކުށާ އާއި ޖޯނީ ޑެޕްވެސް ހިމެނެ އެވެ.

ބްރެޑް ޕިޓް. ފޮޓޯ:އިންޑީ ވަޔާ
އޮޝްޓަން ކުޝާ ފޮޓޯ:އިންޑީ ވަޔާ
ޖޯނީ ޑެޕް. ފޮޓޯ: ޕީޕަލް ޑޮޓްކޮމް

ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޒެކް އެފްރޯންވެސް މި ލިސްޓުގައި ހިމެނޭއިރު، އޭނާ ފެން ނުވަރާ ބޭނުންކުރަނީ ޓިޝޫކަމަށް އިނގިރޭސިވިލާތުގެ ނޫސްތަކަށް އޭނާ ވަނީ މައުލޫމާތުދީފަ އެވެ.

ޒެކް އެފްރޯން. ފޮޓޯ:ޕީޕަލް ޑޮޓްކޮމް

އޭގެ އިތުރުން އާދަޔާ ހިލާފު ސަބަބަކާއި ގުޅިގެން ޖޫލިއާ ރޮބާޓްސްވެސް ފެންނުވަރާކަން ވަނީ ހާމަވެފަ އެވެ. ޖޫލިއާ ބުނާގޮތުން އޭނާ ފެންނުވަރަނީ ފެން އިސްރާފު ނުކުރުމަށާއި، ތިމާވެއްޓާއި މެދުގައި ވިސްނާ ފިކުރުކުރާ މީހަކަށް ވުމުގެ ސަބަބުންނެވެ.

ޖޫލިއާ ރޮބާޓްސް ފޮޓޯ: އޯޕްރާ ޑެއިލީ