ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ފަންނާނު ސަލްމާން ޚާން ނޭނގޭނެ މީހަކު ނުހުންނާނެއޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

އޭނާގެ ހުނަރުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާއިރު، ސަމްލާނުގެ ޕްރައިވެޓް ލައިފާއި ލަވް ލައިފްއާ ގުޅުންހުރި ކަންކަމަކީ ވެސް އޭނާގެ ސަޕޯޓަރުން އަބަދުވެސް ބަލަން ބޭނުންވާ މައުލޫމާތު ތަކެކެވެ.

މިގޮތުން މީގެ އަހަރުތަކެއް ކުރިން ބިގްބޮސްގެ ޝޯއަކަށް އަރައި ބާނޫ ރޭކާ ޖެމިނީ ގަނޭސަން (ރޭކާ) ވަނީ ސަލްމާނަށް ރޭކާދެކެ ލޯބިވެވުނުކަން ހާމަކޮށްފަ އެވެ. މި ވާހަކަ އާންމުންނާއި ހިއްސާނުކުރުމަށް ރޭކާގެ ގާތު އެދި ސަލްމާނު ވަނީ ރޭކާގެ ފައިގައި ހިފައި އާދޭސްވެސް ކޮށްފަ އެވެ. އެހެންނަމަވެސް ސަލްމާނުގެ ވާހަކަ އަޑުނާހައި ރޭކާ ވަނީ އެކަން އާންމުންނާ ހިއްސާކޮށްފަ އެވެ.

https://www.youtube.com/watch?v=Zsb10kyfbpE

ރޭކާ ބުނީ މިކަން ހިނގިއިރު ސަލްމާނަކީ ވަރަށް ކުޑަ ކުއްޖެއް ކަމަށެވެ. އަދި އޭނާގެ އުމުރުން ވާނީ އެންމެ އަށްވަރަކަށް އަހަރު ކަމަށާއި، ރޭކާ ހެނދުނު ދުވަންދާ ގަޑީގައި ސަލްމާނުވެސް ބައިސްކަލުގައި ރޭކާގެ ފަހަތުން ފާރަލަމުން އަންނަ ކަމަށެވެ.

އޭގެ އިތުރުން ސަލްމާނަށް ރޭކާދެކެ ލޯބިވެވުނުކަން ރޭކާއަށް އިނގުނީ، ސަލްމާނު ގެއަށްގޮސް އެންމެން ކައިރީގައި، ރޭކާއާ ކައިވެނިކުރަން ބޭނުންވާ ވާހަކަ ހާމަކުރުމުންކަމަށް ރޭކާ ވަނީ ބުނެފަ އެވެ.

ޝޯގައި ރޭކާގެ ވާހަކަތަކަށް ރައްދުދެމުން ސަލްމާނު ބުނީ އޭރު އޭނާ ހުރީ ވަރަށް ބޮޑަށްވެސް ރޭކާ ދެކެ ލޯބިވެވިފައިކަމަށެވެ. އަދި ސަލްމާނުގެ ކައިވެނި މިހާތަނަށް ކުރެވިފައި ނުވަނީވެސް އެސަބަބާއި ގުޅިގެންހެން ހީވާކަމަށް ސަލްމާނު ބުނެ އެވެ.

ސަލްމާނާއި ރޭކާ އަކީ ބޮލީވުޑްގައި މުހިންމު ރޯލުތަކެއް ކުޅެދީފައިވާ ދެފަންނާނުންނެވެ. އެދެފަންނާނުންގެ ލޯބީގެ ހަޔާތް ވޭތުވެފައިވަނީ ވެސް ދާދި އެއްގޮތަކަށްށެވެ.