ދުނިޔޭގެ ސިކުނޑީގެ ދުވަހާ ދިމާކޮށް، ސިކުނޑީގެ ދުޅަހެޔޮކަމާއި މެދު އާންމުން ހޭލުންތެރިކުރުވުމަށް ނިއުރޮލޮޖީގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. ނިއްޓީ ކަޕޫރު ކައުޝަލް ވަނީ ދިރިއުޅުމުގެ އާންމު އާދަތަކަށް އަންނަ ބައެއް ބަދަލުތަކަކީ ސިކުނޑީގެ ސިއްހަތު ގޯސް ވަމުންދާކަމުގެ ނިޝާންތަކެއް ކަން ހާމަ ކުރައްވާފަ އެވެ.
ޑރ. ނިއްޓީ ވިދާޅުވި ގޮތުގައި، ގިނަ ފަހަރަށް ސިކުނޑީގެ މައްސަލަތައް ފެށިގެން އަންނަނީ ވަރަށް ކުދިކުދި ބަދަލުތަކުންނެވެ. އެހެންކަމުން މިފަދަ ކަންކަމަށް ކުރީބައިގައި ސަމާލުކަން ދިނުމަކީ ބޮޑެތި ސިއްހީ މައްސަލަތަކުން ރައްކާތެރިވުމަށް އޮތް އެންމެ ބޮޑު މަގެވެ.
ސިކުނޑީގެ ސިއްހަތު ގޯސްވަމުން ދާނަމަ އާއްމު ދިރިއުޅުމުގެ ބައެއް ކަންކަމުން ފެންނާނެ ބަދަލުތައް ޑރ. ނިއްޓީ ފާހަގަ ކުރެއްވި އެވެ.
1. ކުދިކުދި ކަންކަން ހަނދާންނެތުން އިތުރުވުން
ތަކެތި ބެހެއްޓޭ ތަންތަން ހަނދާން ނެތުމާއި، ދައްކަމުންދާ ވާހަކައިގެ މެދު ތެރެއިން ބުނަން އުޅުނު ބަސް ހަނދާން ނެތުން ނުވަތަ އާންމުކޮށް ކުރާ ކަންކަން ކުރަން އުނދަގޫ ވުން.
2. މިޒާޖަށާއި މޫޑަށް ކުއްލިއަކަށް ބަދަލު އައުން
ސަބަބަކާ ނުލައި މާބޮޑަށް ރުޅި އައުމާއި، ދެރަވުމާއި، ފަސޭހައިން ފޫހިވުން ނުވަތަ ކުރިން ގަޔާވި ކަންކަމަށް ހުންނަ ޝައުގުވެރިކަން ކުއްލިއަކަށް ކެނޑިގެން ދިއުން.
3. ނިދުމުގެ އާދަތަކަށް ބަދަލު
އައުން ރޭގަނޑު ނިދަން އުނދަގޫވުން، ގަވާއިދުން ނިދި ނުލިބުން ނުވަތަ މުޅި ދުވަހު އަބަދު ވަރުބަލި ވެފައި ހުރުމާއި ގަދައަށް ނިދި އައިސްފައި ހުރުން.
4. ސަމާލުކަން ދޭން އުނދަގޫވުމާއި ވިސްނުން ކޮށިވުން
އެކަކަށް ގިނަ ކަންކަމަށް ސަމާލުކަން ދޭން އުނދަގޫވުމާއި، ނިންމުންތައް ނިންމަން ދަތިވުން ނުވަތަ އާންމު މަސައްކަތްތަކުގައި ސިކުނޑި ސާފުކޮށް މަސައްކަތްނުކުރާ ކަމުގެ އިހުސާސްވުން.
5. ހަރަކާތްތަކާއި ހަށިގަނޑުގެ ބެލެންސް ގެއްލުން
ހިނގާއިރު ނުވަތަ ކޮޅަށް ހުންނައިރު ބެލެންސް ގެއްލުމާއި، އަތްފައިގެ ހަރަކާތްތައް ކުރިން ހުންނަ ވަރަށް ސާފުކޮށް ނުވަތަ އަވަހަށް ނުކުރެވުން.
ޑޮކްޓަރުގެ މުހިންމު އިރުޝާދެއް!
"ސިކުނޑިއަކީ ހަށިގަނޑުގެ އެންމެ މުހިންމު ކޮންޓްރޯލް ސެންޓަރު. މަތީގައިވާ އަލާމާތްތަކަކީ އުމުރުން ދޫވުމުން އާންމުކޮށް ވާކަންކަމުގެ ގޮތުގައި ދޫކޮށްނުލައި، އެކަންކަމާމެދު ވިސްނައި ސިއްހީ އެހީތެރިކަން ހޯދަންޖެހޭ ކަންކަން." – ޑރ. ނިއްޓީ ކަޕޫރު
ސިކުނޑި ދުޅަހެޔޮކަން މަތީގައި ބެހެއްޓުމަށްޓަކައި ގަވާއިދުން ކަސްރަތު ކުރުމާއި، ފައިދާހުރި ކާނާ ބޭނުން ކުރުމާއި، އެކަށީގެންވާ ނިދި ހޯދުމުގެ އިތުރުން ސިކުނޑިއަށް މަސައްކަތް ލިބޭ ފަދަ ކަންކަން (ޕަޒްލް، ފޮތްކިޔުން ފަދަ) ކުރުމަށް ޑޮކްޓަރު އިރުޝާދު ދެއްވަ އެވެ.
އިންސްޓަންޓް ނޫޑްލްސްއިން ކާނާ ވިހަ ވުމުގެ ރިޕޯޓުތަކެއް!
ސަޕޯޓަރުންގެ ކަންބޮޑުވުންތަކަށް އަމީތާބު ރައްދު ދީފި
އީރާނަށް ހަމަލާދިނުމަށް ޔޫކޭ ބޭސްތައް ބޭނުންކުރުމުގެ ހުއްދަ ދީފި