އިންޑިޔާގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކޮމެޑިއަން، ސުނިލް ގްރޯވަރު ހޮސްޕިޓަލުން ގެއަށް ދޫކޮށްފައިފި އެވެ.
އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި އިއްޔެގެ ވަގުތެއްގައި އޭނާ ހޮސްޕިޓަލުން ދޫކޮށްލީ ހިތުގެ ސާޖަރީއެއް ހެދުމަށްފަހު ގިނަ ދުވަސްތަކެއްގައި މެޑިކަލް ސުޕަވައިޝަނަށް ހޮސްޕިޓަލުގައި ބޭއްވުމަށް ފަހުގަ އެވެ.
އޭނާ އަށް ފަރުވާދީފައިވަނީ މުބާއީގައި ހުންނަ އޭޝިއަން ހާޓް އިންސްޓިޓިއުޓްގަ އެވެ.
ސުނިލްއަށް ފަރުވާދިން ހޮސްޕިޓަލުން ބުނާގޮތުގައި ސުނިލް އެ ހޮސްޕިޓަލަށް ގެނައީ ޖެނުއަރީ 8 ގައި ހާޓް އެޓޭކެއް ޖެހިގެންނެވެ. އަދި ސާޖަރީ ހެދިއިރު ސުނިލް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި ކަމަށް ވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
ސުނިލްއަކީ އިންޑިޔާގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޝޯތަކުން ވެސް ފެނުނު ފަންނާނެކެވެ. އެގޮތުން ކޮމެޑީ ނައިޓްސް ވިތް ކަޕިލް އާއި ދަ ކަޕިލް ޝަރްމާ ޝޯއިން އޭނާ ފެނިފައިވެ އެވެ. އޭގެ އިތުރުން އޭނާ ވަނީ ބޮލީވުޑްގެ ބައެއް ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފަ އެވެ.
މަސް ދޯނި ފަހަރަށް ތެޔޮ ނުލިބޭ ވާހަކަ ޝިޔާމް ދޮގުކުރައްވައިފި
ކަނޑުއޮޅިން ދަތުރުކުރި ދެ ޓޭންކަރަކަށް އީރާނުން ބަޑި ޖަހައިފި
ޕީއެންސީއަށް 3 ގޮނޑި، 2 ގޮނޑި އެމްޑީޕީ އާއި އަމިއްލަ ކެންޑިޑޭޓް
