ރާއްޖެއިން އިތުރު 1,576 މީހުން ކޮވިޑަށް ޕޮޒިޓިވްވެ, މާލެ ސަރަހައްދުގެ ކޮވިޑަށް ޕޮޒިޓިވްވާ ރޭޓް 27 ޕަސެންޓަށް ދަށަށް ގޮސްފި އެވެ. މިދިޔަ މަހު މާލެ ސަރަހައްދުގެ ކޮވިޑް ޕޮޒިޓިވިޓީ ރޭޓް އުޅުނީ 30 ޕަސެންޓަށް ވުރެ މަތީގަ އެވެ.

އެޗްޕީއޭއިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މުޅި ރާއްޖެއިން 5،343 ސާޕަލް ޓެސްޓް ކޮށްފައިވާއިރު ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 1،576 މީހުންނެވެ.

މީގެ ތެރެއިން މާލެ ސަރަހައްދުން 1،942 ޓެސްޓް ކޮށްފައިވާއިރު ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 517 މީހުންނެވެ. އަދި އަތޮޅު ތެރެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 771 މީހުންނެވެ. އަދި ރިސޯޓްތަކުން ޕޮޒިޓިވްވީ 87 މީހުންނެވެ.

ރާއްޖެއިން މިހާތަނަށް 151،913 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

މިވަގުތު 16،775 މީހަކު ކޮވިޑަށް ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން 600 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެންނެވެ. އަދި 134،841 މީހަކު ބަލިން ރަނގަޅު ވެފައިވާއިރު، މި ބަލީގައި 284 މީހަކު ވަނީ ނިޔާވެފަ އެވެ.