މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް އައު ސްޓޭޓް މިނިސްޓަރެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އައްޔަންކުރައްވައިފި އެވެ.

އެމަގާމަށް އަނީލް އައްޔަން ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އަނީލު ވަނީ އިސްލާމިކް ޔުނިވާސިޓީ އޮފް މަދީނާއިން 2012 ވަނަ އަހަރު، އިސްލާމިކް ޝަރީއާއިން ބެޗެލަރސް ޑިގްރީގެ ސަނަދު ހާސިލުކުރައްވާފަ އެވެ.

މި އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ 2022 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި 1000 ސިޔާސީ މަގާމު އުފައްދާގޮތަށްވަނީ ނިންމާފަ އެވެ. އެ މީހުންގެ މުސާރައަށް އެކަނި އަހަރެއްގެ މައްޗަށް 400 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރާނެ އެވެ. މިސަރުކާރުން ވެރިކަމަށް އައިރު ބުނެފައިވަނީ ސިޔާސީ މަގާމުތަކުގެ އަދަދު އިތުރު ނުކުރާނެ ކަމަށެވެ. ނަމަވެސް މި ސަރުކާރުންވަނީ އެންމެ ގިނަ ސިޔާސީ މަގާމު އުފެއްދުމުގެ ރެކޯޑު ގާއިމްކޮށްފަ އެވެ.