ސ. ހިތަދޫގައި ހިނގި އެކްސިޑެންޓެއްގައި ކާރެއްގެ ތެރޭގައި އޮތް މީހަކު ތާށިވެއްޖެ އެވެ.
މިރޭ ހިނގި މި އެކްސިޑެންޓުގައި މީހަކު ތާށިވެފައި ވަނީ ހިތަދޫ ލިންކު ރޯޑުގައި ދުއްވާފައި ދަނިކޮށް ކަމަށްވެ އެވެ.
އޭގެ އިތުރުން އެކްސިޑެންޓު ހިނގީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ އެ ކާރު ކޮންޓްރޯލް ނުވުމާއި ގުޅިގެން ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެފައިވެ އެވެ. ނަމަވެސް އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު މިހާތަނަށް ކަށަވަރުވެފައެއް ނުވެ އެވެ.
މި އެކްސިޑެންޓު ހިނގިއިރު، ކާރު ތެރޭގައި ހުރީ ކިތަށް މީހުންކަމެއް ހާމަވެފައެއް ނުވެ އެވެ. ނަމަވެސް އެއިން އެކަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އަދި މި ހާދިސާގައި އަނިޔާވި މީހާއަށް ދަނީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.
މި އެކްސިޑެންޓުގައި ގެއްލުންވި ކާރުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައިވާއިރު، އެފޮޓޯތަކުން ފެންނަނީ ކާރު މޫދުގައި އޮންނަ މަންޒަރެވެ. އަދި މޫދުގައި އެ ކާރު އޮތީ ބަންޑުން ޖެހިފަ އެވެ.