ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ތިން ކިލޯއަށް ވުރެ ގިނަ ޕާޓީ ޑްރަގް އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން ބުނީ މިމަހުގެ ފުރަތަމަ ދުވަހާއި ހަ ވަނަ ދުވަހު ރާއްޖެއަށް ގެނެސްފައިވާ ޕާރުސަލްތަކެއް ބަލައި ފާސްކުރިއިރު 3.359 ކިލޯގުރާމް ހުރި މަސްތުވާތަކެތީގެ ބާވަތްތަކެއް ފެނިފައިވާ ކަމަށެވެ.

އެގޮތުން މިމަހުގެ އެއް ވަނަ ދުވަހު ރާއްޖެ ގެނެސްފައިވާ ޕާރުސަލުތައް ބަލައި ފާސްކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ އެމްޑީއެމްއޭ އަދި މެފްޑްރޯން ކަމަށް ކަސްޓްމްސް އިން ބުނެ އެވެ. އަދި މި މަހުގެ ހަވަނަ ދުވަހު ބަލައިފާސްކުރި ޕާރުސަލެއްގެ ތެރެއިން މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިން ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ކަސްޓަމްސްއިން ބުނީ އެ ތަކެތީގެ މަގުމަތީ އަގު 12 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

ކަސްޓަމްސް އިން ބުނީ އެ މައްސަލަތަކުގައި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.