މޮސްކޯ (13 މާޗް) - ޔޫކްރެއިންއަށް ފޮނުވާ އަސްކަރީ ހަތިޔާރުތަކަށް ރަޝިއާ ސިފައިންގެ ހަމަލާއެއް އަމާޒުވެދާނެ ކަމަށް އެ ގައުމުން އިންޒާރު ދީފި އެވެ.

ރަޝިއާއިން މި އިންޒާރު ދީފައި މިވަނީ އެމެރިކާއާއި ހުޅަނގުން ޔޫކްރެއިންއަށް އެހީވުމުގެ ގޮތުން ހައި ސެންސިޓިވް އަސްކަރީ ހަތިޔާރު ފޮނުވާނެ ކަމަށް އިއުލާން ކޮށްފައި ވަނިކޮށެވެ.

"ޔޫކްރެއިންއަށް ހަތިޔާރު ފޮނުވުމަކީ ނުރައްކާތެރިކަމެއްގެ އިތުރުން އަހަރެމެންގެ ހަމަލާއަކަށް ދައުވަތު ދިނުން،" ރަޝިއާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ސާޖޭ ރަބްކޯވް ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ރަބްކޯވް ވަނީ ރަޝިއާގެ އިންޒާރުތައް އެމެރިކާއާއި ހުޅަނގުން ސީރިއަސް ކަމާއެކު ނަގާފައި ނުވާ ކަމަށާއި އެކަމުގެ ނަތީޖާ ވަރަށް ގޯސް ވެދާނެ ކަމަށް ބުނެފަ އެވެ.

މިހާރު ކުރިއަށްދާ ހަނގުރާމައިގައި ޔޫކްރެއިންގެ ރައީސް ވޮލޮދިމީރް ޒެލެންސްކީ ވަނީ އެތައް ފަހަރެއްގެ މަތިން އެމެރިކާއާއި ނޭޓޯގެ އަސްކަރީ އެހީތެރި ކަމަށް އެދިފަ އެވެ.

މިހާރުގެ ހާލަތަށް ބަލާއިރު ޔޫކްރެއިން އަސްކަރިއްޔާގެ ގިނަ ހަތިޔާރުތައް ހަލާކުވެ ހުސްވަމުން ދާތީ ހުޅަނގުގެ ގައުމުތަކުގެ އެހީއަކީ މިވަގުތު އެގައުމަށް ވަރަށް މުހިއްމު އެހީ އެކެވެ.

ރަޝިއާގެ އަސްކަރީ ފައުޖު މިހާރު ވަނީ ވެރިރަށް ކީވްއާ 25 ކިލޯމީޓަރަޓް ކައިރިވެފަ އެވެ. -- އަލް ޖަޒީރާ