ވ. އަތޮޅު އާރަށް ކުއްޔައްދިނުމުގެ މުޢާމަލާތާ ގުޅޭ ފައިސާ ލޯންޑަކުރެއްވިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ޝަރީއަތް ލައިވްކުރެވޭނެ ކަމުގެ އިޝާރާތެއް ކްރިމިނަލް ކޯޓުން މިއަދު ދެއްވައިފި އެވެ.
އާރަށުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށްކުރީ މަނީ ލޯންޑަރިންއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އެވެ.
ރައީސް ޔާމީންގެ އިތުރުން، މި މައްސަލާގައި ވ. ފެލިދޫ ހަނދުވަރީގެ، ޔޫސުފް ނައީމްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފަ އެވެ. އޭނާގެ މައްޗަށްކުރަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑު އެހުމުގައި ރައީސް ޔާމީނާއި، ޔޫސުމް ނައީމްގެ ފަރާތްޕުޅުން ވެސް އެދިފައިވަނީ މި މައްސަލައާ ގުޅުންހުރި މުހިންމު ލިޔުންތަކެއް ލިބިފައި ނުވާތީ އިތުރު މުއްދަތެއް ދިނުމަށެވެ. މި މައްސަލާގައި ގާޒީ ވަނީ ދެފަރާތުން އެދުނު ގޮތަށް މިމައްސަލައިގެ ހެކި ހުށަހެޅުމަށް ފަސް ދުވަހުގެ މުއްދަތެއް ދެއްވާފަ އެވެ.
މިއަދުގެ އަޑުއެހުމުގައި ވެސް ރައީސް ޔާމީންގެ ގާނޫނީ ޓީމުންވަނީ މި މައްސަލަ ލައިވް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެދިވަޑައިގެންފަ އެވެ. ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ މި މައްސަލައިގެ އިބްތިދާއީ ބައި ނިމި ޝަރީއަތް ފެށުމުން، މައްސަލަ ލައިވް ކުރެވިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މި މައްސަލައިގައި ދެން އަޑުއެހުމެއް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހު އެވެ. އާރަށުގެ މައްސަލައިގެ އިތުރުން ރ. ފުއްގިރި ކުއްޔަށްދޫކުށްގެން ލިބުނު 1.3 މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަކަށް ޖަމާކުރެއްވި ކަމަށް ބުނާ މައްސަލާގައި ވެސް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައިދަނީ ޝަރީއަތް ހިންގަމުންނެވެ.
ބެރަތަޅަން ފެށީ