ހެނދުނަކީ ގިނަ ބަޔަކަށް ދުވަސް ފެށޭ ވަގުތަށް ވާއިރު މިއީ ރަނގަޅަށް ސައި ބުއިމަށް ގިނަ މީހުންނަށް އުނދަގޫވާ ވަގުތެކެވެ. އެހެންކަމުން މިކަމަށް އޮތް ހައްލަކީ ހެނދުނު ސައިގެ ގޮތުގައި ދޮންކެޔޮ ވަކަކާއި ފެނު ކައްކާފައިވާ ބިހެއް ކެއުން ކަމުގައި ދިރާސާކުރާ ބައެއް ފަރާތްތަކުން ވަނީ ލަފާދީފަ އެވެ.

މިއީ ތައްޔާރުކޮށްލުމަށް މާ ގިނަ ވަގުތުތަކެއް ބޭނުން ނުވާ ނާސްތާއަކަށްވާއިރު މިއީ އެހާމެ ފައިދާވެސް ހުރި ނާސްތާ އެކެވެ. އެގޮތުން މި ނާސްތާއަކީ ހެނދުނު ވަގުތުތަކުގައި މީހާގެ ހަށިގަނޑުން ނިދި ފިލުވައިލަދީ ބަނޑުހައި ހޫނުކަންވެސް ނައްތާލަދޭނެ ނާސްތާ އެކެވެ. ފަސޭހައިން ޕެކްކޮށްލެވޭ މި ނާސްތާއަކީ ވަޒީފާއަށް ނުވަތަ ސްކޫލަށް ދާން ލަސްވާނަމަ އެ ތަންތަނަށް ގެންދިޔުމަށް ވެސް ވަރަށް ފަސޭހަ ކެއުމެކެވެ.

ހެނދުނު ސައިގައި ދޮންކެޔޮ އަދި ބިސް ހިމެނުމުން ހަށިގަނޑަށް ޕޮޓޭސިއަމް، މެގްނީސިއަމް، ވިޓަމިން ސީ، ފޮސްފޮރަސް އަދި ފައިބާ ފަދަ ފައިދާހުރި އެތައް މާއްދާތަކެއް ލިއްބައިދެ އެވެ. މީގެ އިތުރުންވެސް ކެލްސިއަމް އަދި ވިޓަމިން ޑީވެސް މި ބާވަތްތަކުން ހަށިގަނޑަށް ލިއްބައިދޭކަމަށް ދިރާސާކުރާ ފަރާތްތަކުން ވަނީ ހާމަކޮށްފަ އެވެ.

އެހެންނަމަވެސް ދޮންކޭލަކީ އަކީ އޭގައި ގިނަ އަދަދަކަށް ހަކުރު ހިމެނޭ މޭވާއަކަށް ވުމާއިއެކު ދޮންކެޔޮ ކެވޭ މިންވަރަށް ބަލައިގެން ނާސްތާ ކުރުމަށްވެސް އެ ފަރާތްތަކުން ވަނީ ނަސޭހަތްތެރިވެފަ އެވެ.

މީގެ އިތުރުންވެސް މިފަދަ ނާސްތާއަކީ ހެނދުނު ގަޑީގައި ކަސްރަތުކުރުމުގެ ކުރިން ކެއުމަށްވެސް ވަރަށް ރަނގަޅު ނާސްތާއެކެވެ.