ދާދި ފަހުން އެކި ނޫސްތަކުގައި ދެކެވުނު އެއް ވާހަކައެއްގެ ގޮތުގައި މިއަހަރުގެ އޮސްކާ އެވޯޑު ހަފްލާ ހިމެނިފައިވެ އެވެ. އެއީ އެ ހަފްލާގައި ގިނަ ބަޔަކު ސިއްސުވާލި ކަމެއް ހިނގުމުގެ ސަބަބުންނެވެ.

ހަމަ އެހެންމެ ސޯޝަލް މީޑިއާގައި އެ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތައް އާންމުވެފައިވާއިރު، ވީޑިއޯތަކުން ފެންނަނީ، އެވޯޑު ހާސިލްކުރި ވިލް ސްމިތް، ހަފްލާ ހުށަހަޅައިދޭން ހުރި ކްރިސް ރޮކްގެ މޫނުމަތީގައި ޖަހާ މަންޒަރެވެ.

ސޯޝަލްމީޑިއާގައި އެ ވާހަކަތައް ދެކެވުނީ ދެގޮތަކަށެވެ. ނަމަވެސް އެންމެންނަށް ވެސް ގޯސްވެފައި ވަނީ ވިލްގެ ކުރީގެ އަންހެނުން ކަމަށްވާ ޖޭޑާ ޕިންކެޓް އެވެ.

https://www.instagram.com/p/CbvthnNquBP/

ވިލް، ކްރިސްގެ މޫނުމަތީ ޖެހީ، ޖޭޑާއާ ގުޅިގެން ދެއްކި ވާހަކަތަކެއްގެ ސަބަބުންނެވެ. މި ހާދިސާ ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައިވާއިރު، އިތުރު ވީޑިއޯއެއް އަނެއްކާ ވެސް ވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފަ އެވެ.

އޯޑިއަންސްގައި އިން މީހަކު ނެގި މި ވީޑިއޯގައި ވިލް، ކްރިސްގެ މޫނުމަތީ ޖެހި ވަގުތު ޖޭޑާ ހިނިއައި މަންޒަރު ދައްކުވައިދެ އެވެ.

މީގެ ކުރިން ވެސް ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި ހުރިހާ ކަމެއް ހިނގީ ޖޭޑާ، ވިލްއަށް އެކަމަށް އެއްބާރުލުން ދިނުމުންނެވެ. އަދި ގިނަ ބަޔަކު ވަނީ ޖޭޑާއަށް ސޯޝަލް މީޑިއާގައި ނުރުހުން އަމާޒުކޮށްފަ އެވެ.