މިފަހަރު މި ގެނެސްދެނީ ރޯދަވީއްލާ ގަޑިއަށް ތައްޔާރު ކޮށްލަން ރަނގަޅު ފޮނިކާ އެއްޗެކެވެ. މިއީ ހަދާލަން ފަސޭހަ ރަހަ ވެސް މީރު ކެއުމަކަށް ވާނެ އެވެ.

ބޭނުންވާ ތަކެތި

  • 2 ޑާކް ޗޮކްލެޓް
  • 1 ސަމުސާ ކޮފީ
  • ½ ޖޯޑު ހަކުރު
  • ކުޑަ ލޮނު ކޮޅެއް
  • 3 ބިސް
  • 1 ސަމުސާ ވެނީލާ އެސެންސް
  • 2 ސަމުސާ ކޮކޯ ޕައުޑާާ
  • 1/3 ޖޯޑު ފުށް
  • ކާށި ހުނި
  • 1 ދަޅު ގެރި ކިރު

ތައްޔާރު ކުރާނެ ގޮތް

  1. ޓްރޭއެއްގައި 1 ޑާކް ޗޮކުލެޓް ބަޓަރުކޮޅާ އެކު އާވިން ދިޔާ ކޮށްލާށެވެ. ދިޔާ ވުމުން އޭގެތެރެއަށް ކޮޕީ، ކޮކޯ ޕައުޑާ، ވެނީލާ އެސެންސް، ހަކުުރު، އަދި ލޮނު ކޮޅު އަޅާ އެއްކޮށްލާށެވެ.
  2. އެއަށްފަހު ފުށްކޮޅު އަޅާ ގިރާލާށެވެ. ދެން އަވަނުގެ ހޫނުމިން 350 ގައި ބެހެއްޓުމަށް ފަހު 30-35 މިނެޓް ފިހާށެވެ.
  3. ފިހެވުމުން ކާށި ހުނި އަދި ގެރިކިރު އެއްކޮށްލުމަށްފަހު ފިހުނު ބައިގެ މައްޗަށް އަޅައި ފަތުރާށެވެ.
  4. އެއަށްފަހު ބާކީ އޮތް ޗޮކުލެޓް ދިޔާ ކޮށްލުމަށްފަހު ހުނިތައް އެއްކޮށް ފޮރުވޭވަރަށް މައްޗަށް އަޅައި ފަތުރާލާށެވެ.
  5. އައިސް އަލަމާރީގައި 30 މިނެޓު ފިނި ކުރުމަށްފަހު ސުފުރާ މައްޗަށް އިންސާފު ކުރައްވާށެވެ.