ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް އެމެރިކާގެ ވިޔަފާރީގެ މައި މަރުކަޒް ކަމަށްވާ ނިއުޔޯކް ޓައިމް ސްކޮއާގައި މުސްލިމުންނަށް ރޯދަ ވީއްލުމެއް ބާއްވައިފި އެވެ.
މިިދިޔަ ހޮނިހިރު ދުވަހު އަލަށް ބޭއްވި މި ރޯދަ ވީއްލުމުގައި 1500 އަށްވުރެ ގިނަ އެމެރިކާގެ މުސްލިމުން ބައިވެރިވި ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ރޯދަ ވީއްލުމަށްފަހު ޖަމާއަތުގައި ތަރާވީހު ނަމާދު ކުރެވުނު އިރު މި ހަރަކާތުގައި ބައިވެރި ވުމަށް އެމެރިކާގެ އެކި ހިސްާބުތަކުން މީހުން ދަތުރުކުރި އެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް އިންތިޒާމް ކޮށްގެން ހިންގި މި ހަރަކާތަށް ގިނަ ބައެއްގެ ތަރުހީބު ލިބުނު ނަމެވެސް އަނެއް ބަޔަކު ވަނީ ނަމާދު ކުރުމަށް އެއަށްވުރެ ރަނގަޅު ތަންތަން ހުންނާނެ ކަމަށް ބުނެފަ އެވެ.
މުސްލިމުންނާ ދެކޮޅު ހަރަކާތްތައް ގިނަ އެމެރިކާގައި މި ހަރަކާތަކީ މުސްލިމުންނަށް ހަމަ ހަމަ ފުރުސަތުތައް ހޯދައިދޭން އެޅުނު ރަނގަޅު ފިޔަވަޅެއް ކަމަށް މި ހަރަކާތް އިންތިޒާމް ކުރި ފަރާތްތަކުން ބުނެ އެވެ.
އެމްޑީޕީ ވެރިކަމެއްގައި ކައުންސިލްތަކަށް ބާރުތައް އަލުން ދޭނަން
މައިކަލް ބޭނުންކުރި އިސްޓާކީނަކަށް 8000 ޑޮލަރު!
ޝާހީ އާއިލާ ބަދަލުވާތީ އަވަށްޓެރިން އެހިސާބުން ދާން އަންގައިފި