މިއަދު މި ގެނެސްދެނީ މަދު އެއްޗެއް ބޭނުންކޮށްގެން ވަރަށް ފަސޭހައިން ހެދޭނެ ކެއުމެކެވެ. މިއީ އާއިލާގެ އެންމެންނަށް ވެސް ކަމުދާނެ ކެއުމަކަށް ވާނެ އެވެ.

ބޭނުންވާ ތަކެތި

  • 1/2 ޖޯޑު ކޮކޯ ޕައުޑަރު
  • 1/2 ޖޯޑު ފުށް
  • 1/2 ޖޯޑު ބަޓަރު
  • 3/4 ޖޯޑު ހަކުރު
  • 3/4 ޖޯޑު ޗޮކުލެޓް ޗިޕްސް
  • 2 ބިސް
  • ކުޑަ ލޮނުކޮޅެއް

ތައްޔާރުކުރާނެ ގޮތް

  1. މަޑު ގިނީގައި ބަޓަރުކޮޅު ދިޔާ ކޮށްލުމަށްފަހު ކޮކޯ ޕައުޑަރާއި ހަކުރު އެއްކޮށްލާށެވެ. ދެން އޭގެތެރެއަށް ބިިހާއި ހަކުރު އެޅުމަށްފަހު އެއްކޮށް ގިރެންދެން އެއްކޮށްލާށެވެ.
  2. ދެން އޭގެ ތެރެއަށް ފުށާއި ލޮނުކޮޅު އެއްކޮށް ޕޭސްޓަކަށް ވަންދެން އެއްކޮށްލާށެވެ.
  3. ޓްރޭއެއްގައި ބަޓަރު ހޭކުމަށްފަހު ބްރައުނީ މިކްސް ކޮޅު އަޅާ މަތި އޮމާން ކޮށްލުމަށްފަހު މައްޗަށް ޗޮކްލެޓް ޗިޕްސްތައް އަޅާލާށެވެ.
  4. އެއަށްފަހު 20 މިނެޓް ވަންދެން 175 ޑިގްރީ ސެލްސިއަސް ގައި އަވަނަށްލާ ފިހެލާށެވެ.