މިފަހަރު މިގެނެސްދެނީ ހަދާލަން ފަސޭހަ ރޯދަ ވީއްލާ ގަޑިއަށް ތައްޔާރު ކޮށްލަން ރަނގަޅުވާނެ ހެދިކާގެ ބާވަތެކެވެ. މިއީ ތެލުލުމުގެ ބަދަލުގައި ފިހާ ބާވަތަކަށް ވުމުން ސިއްހަތަށް ވެސް ރަނގަޅު ކެއުމެކެވެ.
ބޭނުންވާ ތަކެތި
- 6 ފޮތި ޕާން
- 2 ސައި ސަމުސާ ތެޔޮ
- 1 ފިޔާ (ކުދިކޮށް ކޮށާފައި)
- 1 އަލުވި
- 1 ކެރެޓް
- 1/2 ސައިސަމުސާ ލޮނުމެދު (ގާނާފައި
- )1/2 ސައިސަމުސާ އިނގުރު (ގާނާފައި)
- 1/2 މޭޒުމަތީ ސަމުސާ ޗިލީ ޕައުޑަރު
- 1/4 މޭޒުމަތީ ސަމުސާ ގަރަމް މަސާލާ
- 1 މޭޒުމަތީ ސަމުސާ ކޮތަނބިރި ފަތް (ކުދިކޮށް ކޮށާފައި)
- 1 މޭޒުމަތީ ސަމުސާ ތެޔޮ
- ލޮނު ކޮޅެއް
- ރީނދޫ ކޮޅެއް
ތައްޔާރު ކުރާނެ ގޮތް
- އެންމެ ފުރަތަމަ ކެރެޓް، އަލުވި އަދި ކޮތަނބިރި ފަތްކޮޅު ކުދިކޮށް ކޮށުމަށް ފަހު، މަޑުވަންދެން ފެނުކައްކާށެވެ. ދެން ފެންގަނޑުގެ ތެރެއަށް ރީނދޫ ކޮޅު އަޅައި ހުރިހާ އެއްޗެއް މަޑުވުމުން އަލުވި ރަނގަޅަށް މޮޑެ، އޭގެ ތެރެއަށް ފެނުކެއްކި ތަރުކާރީތައް އަޅައި އެއްކޮށްލާށެވެ.
- އެ އަށްފަހު ތަވަޔަކަށް ތެލާއި ފިޔާ، އިނގުރު އަދި ލޮނުމެދު އެޅުމަށްފަހު ފިޔާގަނޑު މީރުކޮށްލާށެވެ. ދެން އޭގެ ތެރެއަށް ކުރިން މޮޑުނު އަލުވި މަސްގަނޑު އެއްކޮށް، ޗިލީ ޕައުޑަރު އަދި ގަރަމް މަސާލާ އަޅައި ފަސް ވަރަކަށް މިނެޓު މަޑު ގިނީގައި ބަހައްޓާށެވެ.
- ބްރެޑް ރޯލްސް ތައްޔާރު ކުރުމަށް، ޕާން ފޮތީގެ އަރިމަތީ ކައިރި ކެފުމަށް ފަހު، ރޮށި ދަމަން ގެންގުޅޭ ރޯލަރުން ޕާން ފޮތިތައް ފަތުރާލާށެވެ.
- އެއަށް ފަހު ޕާނުގައި ކުޑަ ބަޓަރުކޮޅެއް އުނގުޅުމަށް ފަހު، މޭޒުމަތީ ސަމުސަލެއްގެ މިންވަރަށް އަލުވި މަސްގަނޑު އަޅައި ރޯލް އަކަށް ވާގޮތަށް އޮޅާލައި ރަނގަޅަށް ބައްދާލާށެވެ.
- ރޯލްގެ ވަށައިގެން ކުޑަ ތެޔޮފޮދެއް އުނގުޅުމަށް ފަހު 200 ޑިގްރީގައި 20 މިނެޓު ވަންދެން ފިހެލާށެވެ.