މިއަދު މިގެނެސްދެނީ ހާރުދަމަށާއި ރޯދާ ވީއްލާ ގަޑިއަށް ވެސް ތައްޔާރު ކޮށްލަން ރަނގަޅުވާނެ ކެއުމެކެވެ. މިއީ އާއިލާގެ އެންމެންނަށް ވެސް ކަމުދާނެ ކެއުމެކެވެ.

ބޭނުންވާ ތަކެތި

  • 3 ސަމުސާ ބަޓަރު
  • 3 ލޮނުމެދު (ކުދިކޮށް ކޮށާފަ)
  • 1 ޖޯޑު ސްރިމްޕް
  • 1 ސައިސަމުސާ ލޮނު
  • 1 ސައިސަމުސާ އަސޭމިރުސް
  • 1 ސައިސަމުސާ ތެޅި މިރުސް
  • 2 ސައިސަމުސާ ލުނބޯ ހުތް
  • ¼ ޖޯޑު ޕާސްލީ
  • 1 ތަށި ސްޕެގެޓީ (ފެނު ކައްކާ މަޑުކޮށްފައި)

ތައްޔާރުކުރާނެ ގޮތް

  1. ތަވާ އުދުން މައްޗަށް އުދާފައި ބަޓަރުކޮޅު އަޅާށެވެ. ބަޓަރު ކޮޅު ހޫނުވުމުން ލޮނުމެދުކޮޅު އަޅާ ރަތް ކޮށްލާށެވެ.
  2. އެއަށްފަހު ސްރިމްޕް ކޮޅާ، އަސޭމިރުސް، ލޮނު އަޅާ އެއްކޮށްލާށެވެ. އެއަށްފަހު ލުނބޯހުތް ތެޅިމިރުސް އަދި ޕާސްލޭ އަޅާ އެއްކޮށް ދިހަ މިނެޓު ވަންދެން ކައްކާށެވެ.
  3. ދެން އޭގެތެރެއަށް ސްޕްގެޓީ ކޮޅުު އަޅާ ރަނގަޅަށް އެއްކޮށްލާށެވެ.