މިއަދުވެސް މިއޮތީ ފޮނި ކާއެއްޗެކެވެ. ފަސޭހައިން ހަދާލެވޭ ރަަހަމީރު މި ރެސިޕީ ތިބޭފުޅުންނަށް ކަމުދާނެ ކަމަށް އުއްމީދު ކުރަމެވެ.

ބޭނުންވާ ތަކެތި

  • 25 އޯރިއޯ ބިސްކޯދު
  • 500ގ ބަޓަރ
  • 500ގ ކުރީމް ޗީޒް
  • 500ގ ވިޕިންގ ކުރީމް
  • 2 ސަމްސާ ޖެލަޓިން
  • 80ގ ހަކުރު

ތައްޔާރު ކުރާނެ ގޮތް

  1. ފުރަތަމަ އޯރިއޯ ބިސްކޯދުގެ ކުރީމް ގަނޑާއި ބިސްކޯދު ވަކި ކޮށްލާށެވެ. އެއައްފަހު ބިސްކޯދުތައް މިސްޗަރުން ހިމުންވާންދެން މުގުރާ ލާށެވެ. ހިމުންވުމުން 2 ސަމްސާ ބިސްކޯދު ބަހައްޓާށެވެ.
  2. ބާކީ ހުރި ބަޔަށް ބަޓަރު އަޅާ އެއްކޮއްލުމަށްފަހު ޓްރޭ އެއްގައި ރީތިކޮށް ފަތުރައި ސަމްސަލަކުން އޮމާން ކޮށްލުމަށްފަހު ފިނި ކުރަންލާށެވެ.
  3. ދެން ބިސްކޯދުގެ ކުރީމް ކޮޅު ތެރެއަށް ވިޕިންގ ކުރީމް، ކުރީމް ޗީޒް، ހަކުރު އަދި ޖެލަޓިން އަޅާ މަޑު ގިނީގައި އެއްކޮށްލާށެވެ. ކުރީމް ކޮޅު އެއްވުމުން ފިނިކުރި ބިސްކޯދުތައް މައްޗައް އަޅާލާފައި އިތުރު 3 ގަޑި އިރު ފިނި ކޮށްލާށެވެ.
  4. އެއައްފަހު ބެހެއްޓި ބިސްކޯދު ކުނޑި ކޮޅު ކޭކް މައްޗައް ބުރުވާލުމުން ޗީޒްކޭކް މިއޮތީ ތައްޔާރުވެފައި އެވެ.