ރޯދަމަހަކީ ގިނަ ވަގުތު ނުކައި ހޭދަކުރާ މަހަކަށް ވީނަމަވެސް މަސް ނިމޭއިރު ބަރުދަން ހުންނަނީ ދެތިން ކިލޯ އިތުރުވެފަ އެވެ. މިއީ އާއްމު ކަމެއް ނަމަވެސް ރަނގަޅު އާދަތަކާއެކު ރޯދަމަހަކީ ބަރުދަން ލުއި ކުރަން ލިބޭ ރަނގަޅު ފުރުސަތެކެވެ.

އެހެންކަމުން ރަމަޟާންމަސް ފެށުމާއިއެކު ކެއުމަށް ސަމާލުކަން ދިނުމުން ބަރުދަން ލުއިކޮށްލެވި ދާނެއެވެ. އޭގެ އިިތުރުން ބަނޑުގައި ގޭސްޓްރިކް ހުންނަ ފަރާތްތަކަށްވެސް މިމަހުގައި އެކަމުގެ ފަރުވާ ކުރެވޭނެ އެވެ.

ލުއި ރޯދަ ވީއްލުމެއް!

ރޯދަ ވީއްލާ ވަގުތު ކުޑަ އެތިކޮޅެއް ކާށެވެ. ހާއްސަކޮށް އެގަޑީގައި ތެޔޮ ހުންނަ ހެދިކާ ނުކައި، ތަރުކާރީ ފަދަ ލުއިއެއްޗެއް ކާށެވެ. އަދި ތަރާވީހަށްފަހު މަދު ހެދިކާކޮޅެއް ކާށެވެ. ކޮންމެ ގަޑިއަކުވެސް ކާނީ މަދު އެތިކޮޅެކެވެ.

ކާންވާނީ ލަސްލަހުން ރަނގަޅަށް ހަފައިގެން!

ކާއެއްޗެހި ރަނގަޅަށް ހަފައިގެން މަޑުމަޑުން ކެއުމަކީ ބަރުދަން ލުއިކޮށްދޭ ކަމެކެވެ. ނަތީޖާއެއްގެ ގޮތުން އަވަހަށް ބަނޑުފުރުމަށްވެސް އެހީވެދޭނެ އެވެ.

ތައްޔާރީ ބުއިންތަކަށް ނޫނެކޭ ބުނޭ!

ތައްޔާރީ ބުއިންތަކުގެ ބަދަލުގައި ގުދުރަތީ މޭވާއާ ތަރުކާރީން ތައްޔާރުކުރާ ބުއިންތައް ހިމަނާށެވެ. އަދި ފޮނި މަޑުކޮށް ބުއިމަށް އާދަކުރާށެވެ.

ގިނައިން ފެން ބޯންވާނެ!

ހަމައެފަދައިން ކެއުމުގައި ފެން ބުއިން އިތުރު ކުރާށެވެ. ކެއުމުގެ ކުރިން ފެންތައްޓެއް ބުއިމަށްފަހު ކާށެވެ. އެއީ ކާ މިންވަރު މަދުކޮށްދޭ ކަމެކެވެ. އިރު އޮއްސުމުން ފެށިގެން ފަތިސް ވަގުތާ ހަމައަށް އ8 ތަށި ފެން ބޯން އާދަ ކުރާށެވެ.

ކަސްރަތު ކުރުން ދޫކޮށްލައިގެން ނުވާނެ!

ރޯދަ މަހު ވެސް ލުއި ކަސްރަތެއް ކޮށްލުމަކީ އެދެވިގެންވާ ކަމެކެވެ. 30 މިނެޓް ހިނގާލުން ނުވަތަ ބައިސްކަލު ދުއްވުންފަދަ ލުއި ކަސްރަތެއް ކޮށްލާށެވެ. ނުވަތަ ގޭގައި ޔޯގާކޮށްލުމަކީވެސް ފައިދާހުރި ކަމެކެވެ.