މިއަދު މި ގެނެސްދެނީ ހަދާލަން ވަރަށް ފަސޭހަ، ރަހަ ވެސް އެހާ މީރު ކެއުމެކެވެ. ރޯދަ ވީއްލާ ގަޑިއަށް ނުވަތަ ހާރުދަމަށް ވެސް ކަމުދާނެ މި ކެއުން ތިޔަ ބޭފުޅުންނަށް ކަމުދާނެ ކަމަށް ހީ ކުރަމެވެ.

ބޭނުންވާތަކެތި

  • 2 ޖޯޑު ބަތް (ކައްކާފައި)
  • 3/1 ޖޯޑު ލުނބޯ ޖޫސް
  • 6 މޭޒު މަތީ ސަމުސާ ތެޔޮ
  • 10-15 ހިކަނދިފަތް
  • 4-3 ފެހި ތޮޅި މިރުސް
  • ލޮނު ކޮޅެއް
  • 4/1 މޭޒުމަތީ ސަމުސާ ރީނދޫ
  • 4/1 ޖޯޑު ޕީނަޓް
  • 2/1 މޭޒުމަތީ ސަމުސާގެ މަސްޓާޑް ސީޑްސް

ތައްޔާރު ކުރާނެ ގޮތް

  1. ތަވައެއްގައި ތެޔޮފޮދު ހޫނު ކުރުމަށްފަހު މަސްޓަޑް ސީޑްސް އަޅާލާށެވެ. އަދި ސީޑްސް ހޫނުވުމުން ރީނދުލާއި ޕީނަޓް އެޅުއްވުމަށްފަހު ތެލުލާށެވެ.
  2. ދެން އެއަށްފަހު ތޮޅި މިރުސް، ހިކަނދި ފަތް އަދި ލޮނު އެޅުއްވުމަށްފަހު 2 މިނެޓެއްހާއިރު ކައްކާލާށެވެ.
  3. އެއަށްފަހު ތަވާ އުނދުންމަތިން ބޭލުމަށްފަހު ލުނބޯ ޖޫސް އެއްކޮށްލައްވާށެވެ. އަދި ރަނގަޅަށް އެއްކޮށްލައްވާށެވެ.
  4. އަދި އެއަށްފަހު ކައްކާފައިހުރި ބަތާ އެއްކޮށްލައްވާށެވެ. އޭރުން އެހުރީ ލެމަން ރައިސް ތައްޔާރުވެފަ އެވެ.