ހައިކޯޓުގެ ފަނޑިޔާރު އަލީ ސަމީރު މަގާމުން އިސްތިއުފާދެއްވައިފި އެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީގައި ހައިކޯޓުގެ ފަރާތުން އިންނަވާ ފަނޑިޔާރުގެ މަގާމު ވެސް އަދާކުރައްވާ ސަމީރު ފަނޑިޔާރުކަމުން އިސްތިއުފާދެއްވީ މިއަދު އެވެ. ނަމަވެސް ސަމީރު އިސްތިއުފާދެއްވި ސަބަބެއް ހާމައެއް ނުކުރައްވަ އެވެ.
ސަމީރު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރެއްވީ މާޗް 26، 2011 ގަ އެވެ.
ސަމީރަކީ މިސްރުގެ އަލްއަޒުހަރު ޔުނިވާސިޓީން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރެއްވުމަށްފަހު، މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ކޮމްޕަރޭޓިވް ލޯ އިން މާސްޓަސް ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.
ސަމީރު އަދާކުރައްވާފައިވާ މަގާމުތަކުގެ ތެރޭގައި ޖިނާއީ ކޯޓުގެ ސެކްރެޓެރީކަމާއި، މަދަނީ ކޯޓުގެ ސީނިއާ އެޑްމިން އޮފިސަރުކަމާއި، މަދަނީ ކޯޓުގެ ގާޒީކަމާއި، މަދަނީކޯޓުގެ އިސް ގާޒީކަމާއި، ސިވިލްކޯޓުގެ އިސް ގާޒީކަން ވެސް ހިމެނެ އެވެ.
ނުހައްގުން ދިން ބިންތަކުގެ އެއްބަސްވުން އުވާލަން އެދެފި
އެންމެ ބޮޑު ހަތަރު އެއާލައިން އާ ޓަމިނަލަށް ބަދަލު ނުވެ ލަސްވަނީ
ކަސްރަތު ކުރަން ކަންނެތް ވޭތަ؟ މިކަންކަން ކޮށްލާ!
ސަމީރު ފަދަ އަދުލުވެރި އިންސާފުވެރި ފަނޑިޔާރުން އިސްތިއުފާދިނުން މީ ނުބައިފާލެއް، ފަނޑިޔާރުގެ ގޯސްމަގުންދާ އުޅޭކަމުގެ ސިގުނަލެއް