ބިގް ބޮސް 13 ގެ ބައިވެރިޔާ ޝެހެނާޒް ގިލް އާއި މަޝްހޫރު ބޮލީވުޑްގެ ފަންނާނު ސަލްމާން ޚާންއާ މެދުގައި އޮތް ގުޅުމަށް އާންމުންގެ ސަމާލުކަމެއް ލިބިއްޖެ އެވެ.

ދާދި ފަހުން ބާބާ ސިއްދީގީގެ އިފްތާރު ޕާޓީން ޝެހެނާޒާއި ސަލްމާނު ފެނިފައިވާއިރު، ޕާޓީ ނިމެންދެން ވެސް ސަލްމާނު ޝެހެނާޒަށް ބޭއްވި ގާތްކަން އާންމުންނަށް ވަނީ ފާހަގަވެފަ އެވެ.

އެގޮތުން ސަލްމާނު އެ ޕާޓީ ނިމެންދެން ވެސް އުޅެފައި ވަނީ ޝެހެނާޒްގެ ކައިރީގަ އެވެ. އަދި ޝެހެނާޒަށް އެއްވެސް ކަމެއް ދަތިވޭތޯ ސަލްމާނު ބަލަމުން ގެންދިޔަކަން ފާހަގަކުރެވުނެެވެ.

ބިގް ބޮސްއިން މަޝްހޫރުކަން ހޯދި ޝެހެނާޒް، ގިނަ ބަޔަކަށް ކަމުގޮސްފައި ވަނީ އޭނާގެ މަޖާ މިޒާޖުގެ ސަބަބުންނެވެ.

ހަމައެހެންމެ ޝެހެނާޒްގެ ކުރީގެ ލޯބިވެރިޔާ ސިދްހާރްތް ޝުކްލާ ކުއްލި ގޮތަކަށް މަރުވުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާއާ އެހެނިހެން ގޮތްގޮތުން ވެސް ޝެހެނާޒަށް ހިތްވަރުދީ ކުރިއެރުމަށް އެއްބާރުލުން ދެމުންނެވެ.