ކޮލަމްބޯ (27 އޭޕްރީލް) - އަވަށްޓެރި ސްރީލަންކާގެ ސިޔާސީ މަޝްރަހު ހޫނުވެ ސަރުކާރަށް ފިއްތުންތައް ކުރިމަތިވެފައި ވަނިކޮށް ކޯލިޝަން ސަރުކާރެއް އުފެއްދުމަށް އެގައުމުގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ ހުރިހާ ސިޔާސީ ޕާޓީތަކެއްގެ ލީޑަރުންނަށް ދައުވަތު ދެއްވައިފި އެވެ.
މި ދައުވަތު ދެއްވާފައި ވަނީ ގާނޫނު ހަދާ މަޖިލީހުގައި މިނިވަންކަންމަތީ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި ސަރުކާރުގެ މެމްބަރުން ހިމެނޭހެން ގާނޫނު ހަދާ މަޖިލީހުގައި ހިއްސާވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ރައީސް ފޮނުވި ސިޓީފުޅެއްގަ އެވެ.
އެގޮތުން ގައުމުގެ ހާލަތު ރަނގަޅު ކުރެވެން އޮތީ ހުރިހާ ޕާޓީތަކެއް ހިއްސާވާ ސަރުކާރެއް އުފައްދައިގެން ކަމަށާއި އެފަދަ ސަރުކާރެއް ބިނާކުރަން ތައްޔާރަށް ހުންނެވި ކަމަށް މި ސިޓީފުޅުގައި ރައީސް ވިދާޅުވެފައިވެ އެވެ.
އެއާއެކު އާ ސަރުކާރު އުފެދިގެން އަންނާނީ މިހާރު މަގާމުގައި ހުންނެވި ބޮޑުވަޒީރާއި ކެބިނެޓް މިނިސްޓަރުން އިސްތިއުފާ ދެއްވުމުން ކަމަށް ވެސް ރާޖަޕަކްސަ ވިދާޅުވެފައިވެ އެވެ.
އެހެންކަމުން ކޯލިޝަން ސަރުކާރުގެ މަޝްވަރާތައް ކުރުމަށް އަންނަ ހުކުރު ދުވަހު ބާއްވާ ބައްދަލުވުމެއްގައި ބައިވެރިވުމަށް ރައީސް ދައުވަތު ދެއްވާފައިވެ އެވެ.
ރާޖަޕަކްސަ މިފަދައިން ސިޓީއެއް ފޮނުއްވާފައި މިވަނީ ރާޖަޕަކްސަ އާއިލާގެ އެއްވެސް މެމްބަރަކު ހިމެނޭ ސަރުކާރަކާއެކު ކޯލިޝަން ނުހަދާނެ ކަމަށް އިދިކޮޅު ލީޑަރު ސުޖިތު ޕްރެމަދަސަ ވިދާޅުވެފައި ވަނިކޮށެވެ.
ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ އަނދަވަޅުގެ ސަބަބުން ގައުމުގެ ހާލަތު ބޮއްސުންލާފައި ވާއިރު ސަރުކާރާ ދެކޮޅަށް އާއްމުންނާއި އިދިކޮޅު ފަރާތްތަކުން އަންނަނީ ހުއްޓުމެއްނެތި މުޒާހަރާ ކުރަމުންނެވެ. -- ނިއުސް ވަޔާ
މާލެ އާއި ހުޅުމާލެއިން ކުއްލިއަކަށް ކަރަންޓު ކެނޑިއްޖެ
ހަރަމްފުޅުގެ ހޫނުމިން 24 ޑިގްރީއަށްވުރެ ދަށެއް ނުވޭ!
މަޝްހޫރު ގިނަ ތަރިންތަކަކާއެކު "ނާގިން 7"ގެ ފިނާލޭ އަންނަނީ!