ބޮލީވުޑްގެ މަޝްހޫރު ދެ ފަންނާނުން ކަމުގައިވާ ކާޖަލް އާއި ޝާހު ރުކް ޚާން އެކީގައި ފިލްމެއް ކުޅެން ހަމަޖެހިއްޖެ އެވެ.

ދެ ފަންނާނުން އެކީގައި އޮންސްކްރީނުން ފެނިލުމަށް އާންމުން ކުރި އިންތިޒާރުތަކަށް ނި،މުމެއް ގެނެސްދީފައިވާއިރު، ދެމީހުންނަކީ އޮފް ސްކްރީނުގައި ވެސް ގާތް ދެ ރަހުމަތްތެރިންނެވެ.

ކަރަން ޖޯހަރް ޕްރޮޑިއުސްކުރާ "ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ" ގައި އަނެއްކާވެސް ދެ ފަންނާނުން ފެންނާނީ ލޯބީގެ ރޯލަކުންނެވެ. ހަމައެހެންމެ އެދެފަންނާނުންނަކީ އެކީގައި ފިލްމު ކުޅުމަށް ކަރަން އެންމެ ބޭނުންވާ ދެ ފަންނާނުން ކަމުގައި އޭނާ ހާމަކޮށްފައިވެ އެވެ.

ފިލްމުގައި ޝާހު އާއި ކާޖަލް އެކީގައި ފެންނާނެކަން ހާމަވުމާއި ގުޅިގެން ފޭނުންވެސް ވަރަށް ބޮޑަށް އުފާ ފާޅުކޮށްފައިވެ އެވެ.

ކާޖަލް އާއި ޝާހުގެ އިތުރުން އާލިއާ އާއި ރަންވީރު ވެސް އެ ފިލްމު ކުޅެ އެވެ.

ޝާހު އާއި ކާޖަލްގެ ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު ތަރުހީބެއް ލިބިފައިވަނީ "ދިލްވާލޭ ދުލްހަނިޔާ ލޭޖާޔޭންގޭ"، "ކުޗް ކުޗް ހޯތާހޭ" އާއި "ކަބީ ކުށީ ކަބީ ގަމް" އަށެވެ. ފިލްމުތަކުގައި އެކްޓަރުން ދެއްކި ހުނަރުން ގިނަ ބަޔަކު ރޮއްވާލާފައިވެ އެވެ.